ހއ. އަތޮޅި ހޮސްޕިޓަލުގެ ފުރާޅު ޓިނު ބަދަލުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.
އެ ހޮސްޕިޓަލުން ސަރުކާރުގެ ގެޒެޓްގައި ކުރި އިއުލާނުގައި ވާގޮތުން އެ ފަރާތުންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހޮސްޕިޓަލުގެ ބާ އިމާރާތުގެ ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ކުރި އިއުލާނަށް ތިން ފަރާތުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ، އެ އިއުލާން ބާތިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރާ ކަމަށެވެ.
ވީމާ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހއ.އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު މި މަހުގެ 23 ވަނަ ދުވަހުގެ 13:00 ކުރިން އެ ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!