ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ދޭ މަޢުލޫމާތާ އެއްގޮތަށް ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ސްޓްރަކްޗަރަލް އަދި އާކިޓެކްޗަރަލް ކުރެހުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތަށް ސައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 19 ސެޕްޓެމްބަރ 2019 11:00 އަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަދި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު / ހއ. އުތީމުގައި އޮންނާނެކަމަށް އެމިނިސްޓްރީއިން މަޢުލޫމާތު ދެއްވައެވެ.
އަންދާސީހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަދި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު / ހއ. އުތީމު ގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނެ ކަމަށް އެމިނިސްޓްރީއިން މަޢުލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!