މުޙައްމަދު ތަކުރުފާނު ކުރެއްވި ހިއްވަރުން ރަމްޒުކޮށްދެނީ ގައުމުގެ ތަރައްގީއަށް ދެވޭ އަހައްމިއްޔަތު: ޖައިޝަންކަރު
ޤައުމީ ބަތަލު، އުތީމު މުޙައްމަދު ތަކުރުފާނު ކުރެއްވި ހިއްވަރުން ރަމްޒުކޮށްދެނީ ގުޅިފައިވާ މާޒީ އާއި ގައުމުގެ ތަރައްގީއަށް ދެވޭ އަހައްމިއްޔަތުކަން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް. ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒަށް ޒިޔާރަތް ކުރެއްވުމަށްފަހު، ކުރެއްވި ޓްވީޓެއްގަ އެވެ. “ރާއްޖޭގެ ޤައުމީ ބަތަލް ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުގެ ހަނދާނީ މަރުކަޒަށް މިއަދު ޒިޔާރަތްކުރީމެވެ. އެމަނިކުފާނު ކުރ...