ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. ގޮއިދޫ އަދި ރ. އިނގުރައިދޫ ޞިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ.

އެކަމަށް ފުރުޞަތު ހުޅުވާލައި، މިނިސްޓްރީ އޮފް ފިނޭންސް އިން ކުރި ޢިއުލާންގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، އެ ދެރަށުގައި ޞިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ފިނޭން މިނިސްޓްރީއިން ވަނީ ހުޅުވާލާފަ އެވެ.

Ad
rt

މިމަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 2 މާރިޗު 2021 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ. އަދި މި މަޝްރޫޢުތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 މާރިޗު 20121 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، އެ މިނިސްޓްރީއަށް އީމެއިލް ކުރުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.

މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ 25 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.