މިނެއް، ހަމައެއް، ހައްދެއް ނެތި އޮތްހާކަމެއް މާލެއަށް ޖަމާ ކުރުމަކީ މާލޭގައި ހުރި ބޮޑެތި މައްސަލަ ތަކުގެ އަސްލުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ މާލޭ ސިޓި ކައުންސިލުން އިއްޔެ އޮތް ބައްދަލު ކުރެއްވުމަކަށް އިސާރާތް ކުރައްވައެވެ. އަލީ ހުސައިންގެ ޓުވީޓުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގައި ލާމަރުކަޒީީ ނިޒާމު ޤާއިމު ކުރުމުގައި މާލޭ ސިޓީ ކައުންސިލަށް މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަމަށެވެ.
ދިވެހިރާްއްޖޭގައި ލާމަރުކަޒީީ ނިޒާމު ޤާއިމު ކުރުމުގައި މާލޭ ސިޓީ ކައުންސިލަށް މުހިންމު ދައުރެއް އަދާ ކުރެވިދާނެ. މިނެއް، ހަމައެއް، ހައްދެއް ނެތި އޮތްހާކަމެއް މާލެއަށް ޖަމާ ކުރުމަކީ މާލޭގައި ހުރި ބޮޑެތި މައްސަލަ ތަކުގެ އަސްލު. https://t.co/o5eijUXUg3
— Ali Hussain (@AleeVoice) September 10, 2019
މާލޭ ސިޓީގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލުހޯދުމާ ބެހޭ ގޮތުން މާލޭ ސިޓީގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި އެކު މަޝްވަރާކުރެވި، މަސައްކަތް ރާވާލުމަށްޓަކައި އިއްޔެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މިބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ މަޖިލިސް ރައީސް ރައީސް ނަޝީދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!