ތިލަދުންމަތީ ވައިކަރަދޫގައި ފަނަރަ އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ފުޓްސަލް ކޯޗިން ކޭމްޕެއް ފެށުމަށް ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވައިކަރަދޫގެ ސްޕޯޓްސް ކައުސިލަރ އަލީ މުއިއްޒު “”ތިލަދުން “ އަށް މައުލޫމާތު ދެއްވި ގޮތުގައި މި ކޯޗިން ކޭމްޕްގައި ބައިވެރިކުރުވަން ބޭނުންވާ ކުދިންގެ ބެލެނިވެރިން މި ހިނގާ ސެޕްޓެމްބަރ މަހުގެ 15 ވާ އާދިއްތަ ދުވަހުގެ ކުރިން 9855100 ނަންބަރ އަށް ގުޅުއްވާ ނުވަތަ މުއިއްޒުއާއި ބައްދަލުކޮށް ނަން ނޯޓްކުރެއްވުމަށް އެދިލައްވައެވެ.

Ad
rt

ތިން ހަފްތާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޯޗިން ކޭމްޕް ފެށުމަށް ހަމަޖެފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުކަމަށްވެސް މުއިއްޒު މިނޫހައް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މިކޯޗިން ކޭމްގެ މަޤަސަދަކީ ކުދިންގެ މެދުގައި ފުޓުސެލްއަށް ލޯބިޖެއްސުމާއި އެކުދިން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަރަކާތްތެރި ވުމާއި ކުޅިވަރު ކުޅުމުގެ މުހިންމުކަން އަންގައިދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯޗިން ކޭމްޕެއްކަމުގައި މުއިއްޒު ހާމަކުރެއްވިއެވެ.