ކަރަންޓު ދިނުމަށް ބޭނުންކުރާ އިންޖީނުތަކަށް މައްސަލަ ދިމާވެ، ހދ. ކުމުންދޫގެ އެކި ހިސާބުތަކުން މިރޭ ކަރަންޓު ކަނޑާލާފާއިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ކައުންސިލް ގެ ރައީސް އަމީން ވިދާޅުވީ މިހާރުވެސް ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާލާފައިވާކަމަށެވެ. އެރަށުގައި ކަރަންޓް ދިނުމަށް ޖުމްލަ 3 ޖަނަރޭޓަރު ބޭނުން ކުރާކަމަށާއި ނަމަވެސް މިހާރު ރަނިން ކޮންޑީޝަންގައި ހުރީ އެންމެ ޖަނަރޭޓަރެއް ކަމަށް މަޢުލޫމާތުދެއްވިއެވެ. އެހެންކަމުން ރަށުގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވޭވަރުގެ ކެޕޭސިޓީ ނެތުމުން ގަޑިއަކު އެއްފަހަރު އެކި ހިސާބުތަކުން ކަރަންޓް ކަނޑަމުން ދާކަމަށް އަމީން ވިދާޅުވިއެވެ.
"މިރަށުގައި ކަރަންޓް ދެމުން ދަނީ ޖުމްލަ 3 ޖަނަރޭޓަރު ބޭނުންކޮށްގެން، ދުވަސްކޮޅެއް ވެއްޖެ1 ޖަނަރޭޓަރ ހަލާކުވެ ބޭނުން ނުކުރެވޭތާ، އެހެން ހުއްޓައި މިއަދު ބޭނުން ކުރަމުންއައި ޖަނަރޭޓަރެއްގެ މަސައްކަތެއް ކުރަމުންދަނިކޮން އެޖަނަރޭޓަރ މައްސަލަ މިޖެހުނީ، މިހާރު މުޅިރަށަށް ކަރަންޓް ދެމުން މިދަނީ އެންމެ ޖަނަރޭޓަރަކުން.'' ތިލަދުން އަށް މަޢުލޫމާތު ދެއްވަމުން އަމީން ވިދާޅުވިއެވެ.

ހދ.ކުމުންދޫ ރައްޔިތުންނަށް ކަރަންޓު ދިނުމަށް އެރަށު އިންޖީނުގޭގައި ބޭނުންކުރަމުންދަނީ ތިން އިންޖީނުކަމަށްވާއިރު، އެއީ 200 ކިލޯވޯޓް، 160 ކިލޯވޯޓް އަދި 104 ކިލޯވޯޓުގެ ތިން އިންޖީނުކަމަށް މަޢުލޫމާތުލިބެއެވެ.
މިމައްސަލަ ހައްލުކުރުމަށް ކުރިނބީއިން ސްޕެއަރ ގެނެސް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. ކައުންސިލުން ބުނީ މިކަމާއި ގުޅިގެން ކުމުންދޫގެ ހުރިހާ މަގުމަތީ ލައިޓްތަކުން ވެސް ކަރަންޓު ކަނޑާލެވިފައިވާ ކަމަށެވެ.
ރޭއައްޑޫ ސިޓީގެ ގުޅީފައިވާ ރަށްތަކުން އިއްޔެ ކަރަންޓު ކެނޑުނުއިރު، މި މައްސަލަ އަދިވެސް އެއްކޮށް ހައްލުނުވާ ކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!