ހޮނިހިރު ދުވަހުގެރޭ އިރާކޮޅު ހުރިހާ ދިވެހިންނަށް ލިބުނު ޚަބަރަކީ މުޅިރާއްޖެ ކަހަލަގޮތަކަށް އެޚަބަރަކަށް މީގެ ދޮޅުއަހަރެެއްހާ ދުވަހުންފެށިގެން އިންތިޒާރު ކުރަމުން އައި އެންމެންގެ ދަގަނޑޭ ޤައުމީ ޓީމަށް ނެގި ވާހަކައެވެ. މީސް މީޑިއާގައި އެންމެން އެއްވާނަކަށް ދައްކަމުން ދިޔައީ ދަގަނޑޭ ޓީމްގައި ހިމެނިވާހަކައެވެ.

ފާއިތުވި ދޮޅު އަހަރުން ފެށިގެން ހުރިހާ ދިވެހިން ކަހަލަ ގޮތަކަށް ދައްކަމުން އައީ އެއްވާހަކައެކެވެ. ދަގަނޑޭ އަކީ ޤައުމީ ޓީމުގައި ކޮންމެހެންވެސް ހުންނަންޖެހޭ ކުޅުންތެރިއެއްކަމެވެ. ގިނަ ބަޔަކަށް ދަގަނޑޭ ޓީމްގައި ނުހިމެނުމަށް ޤައުމީ ކޯޗް ސެގާޓް ދެއްކި އުޒުރުތައް ބަލައެއް ނުގަނެވުނެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ކޯޗު އެކި ފަހަރު ދެއްކީ އެކި ވާހަކައެވެ. ފުރަތަމަ ކޯޗު ބުނީ ދަގަނޑޭ ޓީމުން ބާކީ ކުރީ ޕްރެސް ކޮނަފަރެންސްއަށް ހާޒިރު ނުވުމުން އަދަބު ދިނުމުގެ ގޮތުން ކަމުގައެވެ. އަނެއްފަހަރު އެހެން ވާހަކައެކެވެ. ގުއަމް އާއި ދެކޮޅައް އެކުލަވާލި ސްކޮޑްގައި ދަގަނޑޭ ބާކީ ކުރީ ކޮލިފިކޭޝަން ނިމޭއިރު ދަގަނޑޭއަށް 38 ވާނެއޭ ކިޔާފައެެ. މިވާހަކަތައް ބަލައިގަންނާކަށް ދިވެހިން ބޭނުމެއްނުވިއެވެ. ދަގަނޑޭ މިވަގުތު ހުރި ފޯމަށްބަލާއިރު ސްކޮޑް ނަގާއިރު ލިސްޓްގެ އެންމެ ކުރީގައި އޮންނަންޖެހޭނީ ދަގަނޑޭ ކަން ޤަބޫކު ކުރެވޭތީއެވެ. އެހެންކަމުން ގުއަމް މެޗުން ދަގަނޑޭ ބާކީ ކުރި ހިސާބުން ދިވެހިންގެ ފަރާތުން ޤައުމީ ކޯޗައް އަމާޒުވަމުންދިޔަ ނުރުހުން އިތުރުވެގެން ދިޔައެވެ. މީސް މީޑިޔާގައި ޤައުމީ ކޯޗާއި ދެކޮޅަށް ވަރުގަދަ ކެމްޕޭންތަކެއް ފެށުނެވެ. ފާއިތުވި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ޓީމުން ފުރުސަތު ނުދިނީމައެވެ.

Ad
rt

ނަމަވެސް 2022 ވަނަ
އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ގެ ޕްރިލިމިނަރީ ކޮލިފިކޭޝަން އަދި 2023 ވަނަ އަހަރު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ޕްރިލިމިނަރީ ކޮލިފިކޭޝަންގެ ދެވަނަ މެޗްގައި ދިވެހިރާއްޖޭގެ ސީނިއަރ ފުޓުބޯޅަ ޓީމް މާދަމާ ރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ޗައިނާއާއި ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި 2017 ގެ ފަހުން ފުރަތަމަ ފަހަރައް ރާއްޖޭގެ ތާރީޚް ދުއް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާ ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ހިމަނާފައެވެ. މިފަހަރު ދަގަނޑޭ ސްކޮޑަށް ނެގި ކިއްވެގެން ކަމެއް ނޭނގެއެވެ. ގުއަމް މެޗްގެ ފަހުން ދަގަނޑޭ އިތުރު މެޗެއް ކުޅުނީކީވެސް ނޫނެވެ. ހަމަ ކޮލިފިކޭޝަން ނިމޭއިރު ދަގަނޑޭއަށް ވާނީ 38 އަހަރެވެ. އެހެންކަމުން އުމުރު ހަގު ވީކީއެއްވެސް ނޫނެވެ. ސަބަބު އެނގޭނީ ކޯޗަށެވެ. ސަބަބު ހޯދުން މިހާރު މުހިންމެއްވެސް ނޫނެވެ. އެންމެން އެދި އެދި ތިބި ގޮތައް ދަގަނޑޭ ޓީމުގައި ހިމެނީމައެވެ. ޤައުމީ ކޯޗައް ޝުކުރިއްޔާއެވެ.

ޓީމުގައި ހިމެނުމުން ދަގަނޑެ ބުނެފައިވަނީ މާތްﷲ ގެ އިރާދަފުޅާއިއެކު ޓީމުގައި ހިމެނާ ކޮންމެ ފަހަކު އޭނާގެ100 ޕަސަންޓް ދައްކާނެކަމަށެވެ.

ދަގަނޑޭ ޓީމްގައި ހިމެނުން ވެގެންދިޔައީ ގެއްލިފައި އޮތް ފުޓުބޯޅަ ފޯރިއަށް އާރޯކަން ގެނެސްދިން ހަބަރަކަށެވެ. ދަގަނޑޭ ޓީމުގައި ބައިވެކުރި ހަބާރާއި އެކުހެން އެނގުންވެލައިފިއެވެ. ޗައިނާ މެޗްގެ ވާހަކަ ދައްކަން ފަށައިފިއެވެ. މެޗަށް ކޮންމެހެންވެސް ދާނެ ވާހަކައެވެ. އިއްޔެ ހަވީރު މެޗްގެ ޓިކެޓް ވިއްކަން ފެށިއިރު ގައުމީ ފުޓުބޯޅަ ދަނޑު ކައިރީ އޮތީ ބޮޑު ކިއުއެއް ދަމާލާފައެވެ. އަދި ޓިކެޓް ވިއްކަން ފެށިތާ ފަސްވަރަކަށް ގަޑިއިރު ތެރޭގައި ޓިކެޓްތައް ވިކި ހުސްވެއްޖެއެވެ. މިއީ ފަހުގެ ތާރީހެއްގައި މެޗެއް ބެލުމަށް މިގޮތައް ކިއު ހެދި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޤައުމީ ޓީމް ކުޅުނު މެޗްތައް ބެލުމަަށްވެސް މާގިނަ ދިވެހިންނެއް ދަނޑަަށް ވަދެފައެއް ނުވެއެވެ. ނަމަވެސް މިފަހަރު ގިނަ ބަޔަކު މެޗް ބަލަން ދަނޑަށް ވަންނަން ބޭނުންވީ އެންމެ އެންމެ ބޭނުމަކުއެވެ. ދަގަނޑޭ ޓީމުގައި ހިމެނުމުންނެވެ.

އެންމެންގެ އުންމީދަކީ މާދަމާރޭގެ މެޗްގައިވެސް ދަގަނޑޭގެ ޖާދޫ ދައްކާ ދިވެހި ޓީމްއިން ރަނގަޅު ނަތީޖާއެއް ނެރުމެވެ.