ހއ. މުރައިދޫއާއި ށ. މަރޮށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަލުން ބީލަމަށް ހުޅުވާލައިފިއެވެ.

މިގޮތުން ޑިޒައިން އެންޑް ބިލްޑް އުސޫލުން މުރައިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަލުން ބީލަމަށް ހުޅުވާލަމުން މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން އެ މަސައްކަތް ބީލަމަށް ހުޅުވާލައި ކުރިން ކުރި ޢިއުލާން އިސްލާޙްކޮށް، އެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާ ކަމަށެވެ.

Ad
rt

މި މަސައްކަތްތަކާއި ގުޅޭގޮތުން އެއްވެސް ކަމެއް އޮޅުން ފިލުވުމަށް ބޭނުންވާ ނަމަ 1 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ibrahim.aflah@finance.gov.mv އަށް އީމެއިލް މެދުވެރިކޮށް އެކަމެއް ހިއްސާ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ބީލަންތައް ހުޅުވުން އޮންނާނީ 15 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 10:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ފިނޭންސް މިނިސްޓްރީއިން ވިދާޅުވެއެވެ.

މީގެއިތުރުން މަރޮށީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަލުން ބީލަމަށް ހުޅުވާލުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއިން ވިދާޅުވެފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން އެ މަސައްކަތް ބީލަމަށް ހުޅުވާލައި ކުރިން ކުރި ޢިއުލާން އިސްލާޙްކޮށް، އެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާ ކަމަށެވެ.

މި މަސައްކަތްތަކާއި ގުޅޭގޮތުން ވެސް އެއްވެސް ކަމެއް އޮޅުން ފިލުވުމަށް ބޭނުންވާ ނަމަ 1 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ibrahim.aflah@finance.gov.mv އަށް އީމެއިލް މެދުވެރިކޮށް އެކަމެއް ހިއްސާ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ބީލަންތައް ހުޅުވުން އޮންނާނީ 18 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 11:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ފިނޭންސް މިނިސްޓްރީއިން ވިދާޅުވެއެވެ.

މިދުވަސްވަރު ފިނޭންސް މިނިސްޓްރީއިން ގިނަ ރަށްތަކެއް ތަރައްގީގެ މަޝްރޫޢުތައް ބީލަމަށް ލަމުން އަންނައިރު، މީގެ އިތުރުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ.މަނަދޫ ހާބަރ ޗެނަލް ވޯކްސްގެ މަސައްކަތާއި، އަދި ބ.ހިތާދޫ ބަނދަރު ބޭރުތޮއްޓާއި އެއްގަމު ތޮށި ހެދުމުގެ މަސައްކަތް ވެސް ވަނީ ބީލަމަށް ހުޅުވާލާފަ އެވެ.