ހޯރަފުށި ދާއިރާގައި ގެދޮރުގެ އިމާރާތް ކުރުމަށް ރޭވެމުންދާ މަޝްރޫއުތައް އަވަސްކޮށްދެއްވުމަށް އެދި ހައުސިން މިނިސްޓަރު އާތިފާ އަލީގެ އަރިހުގައި ދަންނަވައިފިއެވެ.
މިއަދު ހައުސިން މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމްއާއި ހޯރަފުށީ ކައުންސިލުން ބައިވެރިވެފައިވެއެވެ.
ހޯރަފުށި ދާއިރަގެ މެމްބަރު އަހުމަދު ސަލީމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯރަފުއްޓާއި، ތުރާކުނާއި އުލިގަމުގައި ގެދޮރު އިމާރާތް ކުރުމަށް ރޭވެމުންދާ މަސައްކަތްތަށް އަވަސްކޮށްދެއްވުމަށް މިނިސްޓަރު އާތިފާއާ ބައްދަލުކޮށް ދަންނަވާފައިވާ ކަމަށެވެ.
ސަލީމު ވިދާޅުވީ އެ ދާއިރާގައި ގެދޮރު އިމާރާތް ކުރެއްވުމަށް މިނިސްޓަރު ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ.
Minister Athifa and high ranking officials of the Ministry met with MP for Hoarafushi Constituency Mr. Ahmed Saleem @SalleHoarafushi and members of Hoarafushi Council. pic.twitter.com/UswCQtFwyH
— Min.of National Planning, Housing & Infrastructure (@MoNPHImv) September 8, 2019
ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ލަފާ ހޯދުމާއި، ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވާރކްޝޮޕެއް އިއްޔެ ވަނީ ފަށާފައެވެ. މިއީ ހޯރަފުށި ކައުންސިލުން ކުރިއަށް ގެންދާ ވޯކްޝޮޕްއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!