ރާއްޖޭގައި ގެއްލުން ނުވެ ހިންގާ ޑޮމެސްޓިން އެއާޕޯޓަކީ ހަމައެކަނި ދަރަވަންދޫ އެއާޕޯޓުކަމަށާއި ދެން ރާއްޖޭގެ އެކި އަތޮޅު ތަކުގައި ހުރި ޑޮމެސްޓިކް އެއަރޕޯޓުތައް ހިންގަމުންދަނީ ގެއލުމުގައިކަމަށް ޓްރާންސް މިނިސްޓްރީން ހާމަ ކުރައްވައިފިއެވެ.
ސަރުކާރުގެ ވުޒާރާތަކުގެ މައުލޫމާތު ދިނުމަށް "ނުވަގަޑި މީޑިއާ" ނަމުގައި ކުރިއަށްގެންދާ ސިލްސިލާ މައުލޫމާތު ބައްދަލުވުންތަކުގެ ދަށުން މިއަދު މީޑިއާއާ ބައްދަލުކުރައްވައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރު ވިދާޅުވީ މިހާރު ރާއްޖޭގައި ހިންގާ 13 އެއާޕޯޓުގެ ތެރެއިން ގެއްލުމެއް ނެތި ހިންގަމުން ގެންދަނީ ވެލާނާ އިންޓަނޭޝަނަލްގެ އެއާޕޯޓުގެ އިތުރުން ދަރަވަންދޫ އެއާޕޯޓު އެކަނި ކަމަށެވެ.
ޒުހައިރު ވިދާޅުވި ގޮތުގައި ދަރަވަންދޫ އެއަރޕޯޓަށް އާންމުގޮތެއްގައި ދުވާލަކު 20 ވަރަކަށް ފްލައިޓު ބާއްވައެވެ. އެރަށުގެ ވަށައިގެން ގިނަ ރިސޯޓުތަކެއް ހުރުމުގެ ސަބަބުން އެ އެއަރޕޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ހިންގަމުން ގެންދާ ތޭރަ އެއާޕޯޓުގެ އިތުރުން ހަ އެއާޕޯޓުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިސަރުކާރުގެ ގައުމީ ތަރައްގީގެ ޕްލޭންގެ ދަށުން ރާއްޖެ ފަސް ސަރަހައްދަކަށް ބަހައި ކޮންމެ ސަރަހައްދެއްގައި ވެސް އިންޓަނޭޝަނަލް އެއަޕޯޓުތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއާޕޯޓް ހުންނަ ކޮންމެ ރަށަކުން 20 މިނިޓް ތެރޭ މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ހަދާނެ ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!