ޔޫރޯ ކޮލިފިކޭޝަންސްގެ ގްރޫޕް ބީގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ވަނީ ސާބިއާ 4-2 ނާތީޖާއަކުން މޮޅުވެފައެވެ.

މެޗްގެ ފުރަތަމަ ގޯލް މެޗް ގެ 42 ވަނަ މިނިޓްގައި ކާމިޔާބްކޮށްދިނީ ޕޯޗުގަލްގެ ވިލިއަމް ކަރްވާލިއޯއެވެ. ޕޯޗުގަލްގެ ދެވަނަ ގޯލް 58 ވަނަ މިނިޓްގައި ގުއިޑިޒް ކާމިޔާބްކޮށްދިންއިރު ބަލްގޭރިއާގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ 68 ވަނަ މިނިޓްގައި ނިކޯލާ މިލެންކޮވިޗްގެ ފަރާތުންނެވެ. ބަލްގޭރިއާގެ ގޯލަށްފަހު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދާފައިވާ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މެޗްގެ 80 ވަނަ މިނިޓްގައި ގޯލެއްޖަހާ ޕޯޗްގަލްއަަށް ލީޑު ފުޅާކޮށްދީފައެވެ. ބަލްގޭރިއާގެ ފަހު ގޯލް މެޗްގެ 85 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެލެގްޒެންޑާ މިޓްރޮވިޗްއެވެ. ބަލްގޭރިއާގެ ގޯލްޖެހިތާ މިނިޓެއް ފަހުން މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ބެނާޑޯ ސިލްވާ ވަނީ ޕޯޗުގަލްގެ ހަތަރުވަނަ ގޯލް ޖަހާ ނަތީޖާ 4-2 އަށް ބަދަލުކޮށްފައެވެ.

Ad
rt

ބަލްގޭރިއާ އަތުން ލިބުނު ތިން ޕޮއިންޓާއިއެކު މިހާތަނަށް ކުޅުނު ތިން މެޗްއިން ޖުމްލަ ފަސް ޕޮއިންޓް ހަމަކޮށް ޕޯޗުގަލް މިވަގުތު އޮތީ ގުރޫޕް ބީ ގެ ދެވަނައިގައެވެ. މިއީ ކޮލިފިކޭޝަންސްގައި ޕޯޗުގަލް މޮޅުވި ފުރަތަމަ މެޗްކަންވެސް ފާހަގަކޮށްލެވެއެވެ. ޕޯޗުގަލް ކުރިން ކުޅުނު ދެ މެޗްއިންވެސް ވަނީ އެއްވަރު ވެފައެވެ. ގުރޫޕް ބީގެ އެއްވަނާގައި ޔުކްރެއިން އޮތީ ރޭ ލިތުއާނިއާ ބަލިކޮށް ލިބުނު ތިން ޕޮއިންޓާއިއެކު ފަސް މެޗުން ޖުމްލަ 13 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިންވަނައިގައި އޮތް ލަގްޒެންބާގް އަދި ހަތަރުވަނާގައި އޮތް ސާބިޔާއަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ހަތަރު މެޗްއިން ލިބުނު އެއް ޕޮއިންޓާއިއެކު ގުރޫޕް ބީގެ ފުލުގައު އޮތީ ރޭ ޔުކްރެއިން އަތުން 3-0 ބަލިވި ލިތުއާނިއާއެވެ.

ޕޯޗުގަލް އިން އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަންކަން ހޯދީ މިހާރުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް 1-0 އިން ބަލިކޮށްގެނެވެ.