ހދ. ވައިކަރަދޫގައި މޫދު ކުޅިވަރުގެ ހަރަކާތްތައް ހިންގާ (ވައި ރޮދިން) ޓީމު ގެ އިސްނެގުމާއެކު އެރަށުގެ އުތުރު ފަރާތު ގޮނޑުދޮށް އަދި އަތިރިމަތި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
މި ހަރަކާތާއި ބޭހޭ އިތުރު މައުލޫމާތު ދެމުން މިހަރަކާތުގައިި އިސްކޮށް ހަރަކަތްތެރިވި ފަރާތެއްކަމުގައިވާ މުޙައްމަދު އަޒީމް ބުނެފައިވަނީ މި ހަރަކާތަކީ ރަށުގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތް ކުރިއަށް ގެން ގޮސްފައިވަނީ ރަށުގެ ކުދި ބޮޑު އެންމެނަށް ވެސް ހުޅުވާލައިގެންކަމަށް އަޒީން ބުނެފައިވެއެވެ.
"މިއަދުގެ ހަރަކާތުގައި ރަށުގެ ކުދި ބޮޑު އެންމެން ކަހަލަ ގޮތަކަށް ބައިވެރިވި. މިހަރަކާތް ފެށީ ހެނދުނު 10 ޖެހިއިރު، ނިންމާލީ ގާތްގަނޑަކަށް 1:30 ހާއިރު ރަށުގެ އަންހެންވެރިން ދެއްވި ކުޑަ ރިފްރެޝްމެންޓް އަކުން"
އޭނާ އިތުރަށް ބުންޏެވެ.
Let's keep our home clean.
#rodhifamily♥️
BEACH CLEANING DAY 1
Coverage @a_n_t_h_a_r_e_e_s 📷
.
.
.
.
.
30/01/2021
@...Posted by Vai Rodhin on Saturday, January 30, 2021
މިހަރަކާތުގައި "ވައި ރޮދިން"ގެ ފަރާތުން ވަނީ ކުޑަކުދިންނަށް ޕްލާސްޓިކާއި ގުޅޭ އެކި މައުލޫމާތުގެ ޝެޝަނެއްވެސް އެސަރަހައްދުގައި ބާއްވާފައެވެ.
ދާދި ފަހުން "ވައި ރޮދިން"ގެ ފަރާތުން ވައިކަރަދޫގައި ވަނީ ކުޑަކުދިންނަށް ޚާއްސަކޮށްގެން މޫދު ކުޅިވަރުގެ 2 ޝެޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!