މިދިޔަ އަހަރު ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ސާފު ފައިދާގެ ގޮތުގައި 410 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ހާމަކޮށްފަ އެވެ.

އެކުންފުނިން ބުނީ ނިމިދިޔަ 2020 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީއަކީ 7.2 ބިލިއަން ރުފިޔާކަމަށެވެ. ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކުރެވިފައި ވުމާއެކު ކުންފުނީގެ ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 500 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި އަދި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 410 މިލިއަން ރުފިޔާ ލިބިފައިވާކަމަާް ބުނެފައިވެއެވެ.

Ad
rt

މިއީ އޭގެ ކުރީ އަަހަރާއި އަޅާބަލާއިރު 35 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ބުނެފައިވެއެވެ.

އެސްޓީއޯގެ 4 ވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.9 ބިލިއަން ރުފިޔާ އެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 378 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރއާއި އަޅާބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ސާފު ފައިދާއަކީ 91 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރއާއި އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.

އެ ކުންފުނީގެ ހިންގުމުގެ ޚަރަދު، 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި ވަނީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރއާއި އަޅާބަލާއިރު ގާތްގަނޑަކަށް 4 އިންސައްތަ އިތުރުވެފައެވެ. މައިގަނޑު ސަބަބެއްކަމަށް އެކުންފުނިން ހާމަކޮށްފައިވަނީ، ކޯވިޑް-19 އަށް ރިޢާޔަތްކޮށްކޮށް ކަސްޓަމަރުންނަށް ދީފައިވާ ކްރެޑިޓް މުއްދަތު އިތުރުކުރުމާއި ޕްރޮވިޝަން ހިސާބު ކުރުމަަށް ބޭނުންކުރާ މިންގަނޑުތަކަށް ގެނެވުނު ބަދަލާއިއެކު ޕްރޮވިޝަންސް އިތުރުވުމެވެ.

އެސްޓީއޯގެ 2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ހިސާބުތައް ކުންފުނީގެ ވެބްސައިޓްގައި ޢާއްމުކުރެވިފައިވަނީ މިއަދު އެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯއިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަަސާސީ ޚިދުމަަތްތައް، މެދުކެނޑުމެއްްނެތި ހެޔޮ އަގެއްގައި ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން ކޯވިޑް-19 ގެ ޙާލަތުގައިވެސް އެންމެ އިސްކަމެއް ދީފައިވަނީ ބޭހާއި ކާޑާއި، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުންކަމަށެވެ. އޭގެ ނަތީޖާއެއްގެގޮތުން، އެސްޓީއޯއިން ވަނީ ކޯވިޑް-19 ގެ ސަބަބުން ސިއްހީ ދާއިރާއަށް ބޭނުންވި މެޑިކަލް ކޮންސިއުމަބަލްސްއާއި އިކުއިޕްމަންޓްގެ އިތުރުން ސަރުކާރުން ޓަރޝަރީ ފެންވަރަށް ގެންނަ، 4-ހޮސްޕިޓަލް ޕްރޮޖެކްޓަށް ބޭނުންވާ އިކުއިޕްމަންޓްވެސް ފޯރުކޮށްދީފައެވެ.

އެސްޓީއޯއަކީ ސަރުކާރުގެ އިތުރުން ޢާންމު ޙިއްޞާދާރުން ހިމެނޭ ކުންފުންޏެކެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޭނުންވާ، ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ. އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ ދާއިރާތަކަށް އިންވެސްޓްކުރުމަށާއި ހިއްސާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުންކަމަށް އެކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ބުނީ އެކުންފުނީގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވާކަމަށެވެ.