ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ކެނޑިޑޭޓުން ނަން އަނބުރާ ގެންދެވޭނެ ސުންގަޑި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައިފިއެވެ.
މި ގޮތުން އީސީން ބުނީ ނަން އަނބުރާ ގެންދަން ބެނުންވާ ކެނޑިޑޭޓުން އަންނަ ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހުގެ 14:00 ކުރިން ނަން އަނބުރާ ގެންދަން ޖެހޭނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވަން އީސީން ނިންމާފައި މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ. އަދި އިންތިޚާބުގެ ކެމްޕެއިން ކުރަން އީސީން މިހާރު ވަނީ ފުރުޞަތު ހުޅުވާލާފަ އެވެ.
2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ފުރަތަމަ ޢިއުލާންކުރި ލޯކަލް ކައުންސިލް އިންތިހާބަށް 2،400 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޖުމްލަ 1،817 ކެނޑިޑޭޓުން ކުރިމަތިލިއެވެ. އޭގެ ފަހުން އެކިފަހަރު މަތިން ފަސްކޮށްފައިވާ އެ އިންތިޚާބުގައި ވާދަކުރަން ކުރިމަތިލި 100 އަށްވުރެ ގިނަ ކެންޑިޑޭޓުން މިހާތަނަށް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!