ރާއްޖޭގައި ހިންގާ ޓްރެވަލް އެޖެންސީތަކުން މި ހިނގާ ޖެނުއަރީ މަހުގެ ނިޔަލަށް، އެކުންފުނިތަކުގެ އަހަރީ ރިޕޯޓު ހުށަހެޅުމަށް އަންގައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ޤަވާއިދު (ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ގަވާއިދު)ގެ 8 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހޭކަމަށެވެ.

Ad
rt

މިއަހަރީ ރިޕޯޓު ހުށަނާޅައިފިނަމަ އެކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ. މިގޮތުން ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު 31 ޖަނަވަރީ 2021 ވަނަ ދުވަހުގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް 31 ޖަނަވަރީ 2021 ގެ ކުރިން ހުށަނާޅާ ފަރާތްތަކަށް މި މިނިސްޓްރީން ދޫކޮށްފައިވާ ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ބާޠިލު ވާނެވާހަކަ ޢާންމުކޮށް އަންގާ އިޢުލާނުކުރާކަމަށް އެމިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ. މިޢި ކޮންމެ އަހަރަކުގެވެސް ޓްރެވެލް އެޖެންސީތަކުގެ ސަމާލުކަމަށް އެމިނިސްޓްރީއިން އަންގަމުން އަންނަ އެންގުމެކެވެ.

“ދިވެހިރާއްޖޭގައި ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައިހިންގުމުގެ ޚިދުމަތް ދިނުމާ ބެހޭ ޤަވާއިދު” ގެ 8 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަން ޖެހެއެވެ. މި އަހަރީ ރިޕޯޓު ގަވާއިދުގައިވާ މުއްދަތުގެ ތެރޭގައި މިމިނިސްޓްރީއަށް ހުށަހަޅާފައި ނުވާނަމަ އެކުންފުންޏަކަށް ދޫކޮށްފައިވާ ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައިހިންގުމުގެ ހުއްދަ ބާޠިލްކުރެވޭނެ ކަމަށްވެސް އެ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު 388 ޓްރެވަލް އެޖެންސީ ހިންގައެވެ.