ކޮކާ ކޯލާ، ޕެޕްސީ އަދި ނެސްލޭ އަކީ ޖެހިޖެހިގެން 3 އަހަރު ދުވަހުވެސް ދުނިޔެއަށް އެންމެ ގިނަ ޢަދަދަކަށް ޕްލާސްޓިކް އުފައްދާ، ޕުލާސްޓިކް އުފެއްދުންތައް މަދުކުރުމުގައި "ޒީރޯ ޕްރޮގުރެސް" ހޯދާފައިވާ 3 ކުންފުނިކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ތިން ކުންފުނިންވެސްވަނީ ޕްލާސްޓިކް އުފައްދާ ރޭޓަށް ބަދަލު ގެނައުމަށް އެތައް ބަހަނާތަކެއް ދައްކާފައެވެ.
ކޮކާ ކޯލާ އަކީ ދުނިޔޭގައި އެންމެ ގިނަ ޢަދަދަކަށް ޕްލާސްޓިކް އުފައްދާ ކުންފުނީގެ އިތުރުން، ދުނިޔެ އެންމެ ބޮޑަށް ޕްލާސްޓިކް އިން ތަޤައްޔަރުކޮށްފައިވާ ކުންފުންޏެވެ. ނަތީޖާއެއްގެ ގޮތުން، މި ވަގުތު ދުނިޔޭގައި ހަޑިވެފައިވާ ގޮނޑުދޮށަކަސް، މޫދަކަސް، އަދި ކޯރެއް ކަމުގައި ބެލިނަމަވެސް، ފެންނާނެ އެއް މަންޒަރަކީ ކޮކާ ކޯލާ ހުސްކުރި ފުޅިއެވެ.
މިދިޔަ އަހަރުގެ ތެރޭގައި 51 އެއް ޤައުމަކަށް އަމާޒުކޮށްގެން ކުރި ސާރވޭ އެއްގައި ދައްކާގޮތުގައި، 37 ޤައުމަކުން އެންމެ ގިނައިން އުކާލެވޭ ކުނިން ޕްލާސްޓިކްގެ ގޮތުގައި ފެނިފައިވަނީ ކޮކާ ކޯލާ ހުސްކުރި ފުޅިއެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮކާ ކޯލާގެ ބްރޭންޑިންގއަށް 13834 ޕްލާސްޓިކް ބޭނުންކޮށްފައިވާއިރު. ޕެޕްސީ އިން 5155 އަދި ނެސްލޭއިން ބޭނުންކޮށްފައިވަނީ 8633 ޕްލާސްޓިކްއެވެ.
މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޕެޕްސީ އަދި ނެސްލޭ އެއްކޮށްލައިގެން ކޮކާ ކޯލާއިން އުފައްދާފައިވާ ޕްލާސްޓިކާއި އެއްވަރު ނުވެއެވެ.
ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުގެ ކުރިމަތީގައި މިދިޔަ އަހަރުވެސް ކޮކާ ކޯލާވަނީ ވަރަށް ބޮޑަށް ހޫނުފެނަށް ވެއްޓިފައެވެ. އެއާއިއެކު، ކޮކާ ކޯލާގެ ފަރާތުން މިދިޔަ އަހަރުގެ މާޗުމަހުގެ ތެރޭގައި ބުނެފައި ވަނީ، އެ ކުންފުނިން ޕްލާސްޓިކް އުފައްދާ މިންވަރު މަދު ނުކުރާނެ ކަމަށެވެ. ސަބަބެއް ކަމުގައި އެ ކުންފުނިން ބުނެފައިވަނީ، އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި ޕްލާސްޓިކްއަކީ މަގުބޫލު އެއްޗެއް ކަމުގައި ވުމެވެ.
މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އެންޖީއޯ ޓިއަރފަންޑްއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުނިޔޭގައި މި ވަގުތު އޮތް އެންމެ ތަރައްޤީ 6 ޤައުމުގައި އުފައްދާ ޕްލާސްޓިކްއަށް ބަލާއިރު، އޭގެ ތެރެއިން ބައި މިލިޔަން ޕްލާސްޓިކް އުފައްދަނީ ކޮކާ ކޯލާ، ޕެޕްސީ އަދި ނެސްލޭއިންނެވެ.
ކޮކާ ކޯލާގެ ފަރާތުން ޕްލާސްޓިކް އުފެއްދުން މަދުވާ ތަން ނުފެނުނު ކަމުގައި ވީ ނަމަވެސް، އެ ކުންފުނިން، އެކި އެކި ފަރާތްތަކުގެ ފިއްތުން ތަކުގެ ސަބަބުން ވަނީ، ބައެއް ކަންކަމުގައި ބޭނުން ކުރާ ޕްލާސްޓިކް މަދުކޮށްފައެވެ. މި ގޮތުން، ކޮކާ ކޯލާއިން ބަންދުކުރާ ފުޅިތައް ޕްލާސްޓިކް ނޫން ތަކެތިން ބަންދު ކުރުމާއި، އެހެނިހެން ކަންކަމުގައި ބޭނުން ކުރާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުން ހިމެނެއެވެ. ނަމަވެސް، ގިނައިން ފެންނަމުން ދަނީ ޕްލާސްޓިކްގެ ގޮތުގައި ބޭނުން ކުރާ ތަކެތި ދެވަނަ ފަހަރަށް ބޭނުން ނުކޮށް، ކުނި ގޮނޑުތަކުގައި ގިނަވެ ތޮއްޖެހެމުންދާ ތަނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!