ނ. މަނަދޫގައި ގެންގުޅޭ ބަކަރިތަކަށް އެއްވެސް ބައްޔެއް ޖެހިފައިވޭތޯ ބެލުމަށް އިންސްޕެކްޓުކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ކުރިއަށް ގެންގޮސްފިއެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަނަދޫގައި ގެންގުޅޭ ބަކަރިތައް ސަވެއިލެންސްކޮށް އެއްވެސް އޭތިންގެ އަނގަޔަށް އަދި ފަޔަށް އެއްވެސް ބައްޔެއް ޖެހިފައިވޭތޯ ބެލުމަށް ލޭގެ ސާމްޕަލް ނަގާފައިވާނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން ބަކަރިންގެ ހަށިގަނޑަށް ހިއްސީގޮތުން ބޭނުންވާ މާއްދާތަކާއި ބޭސްތައް ބަކަރި ބަލަހައްޓާ މީހުންނަށް ބުނެދީފައިވާނެ ކަމަށް އެ ޓްވީޓުގައި ވެއެވެ.