ހއ.މުރައިދޫގައި ހިންގަމުން އަންނަ ނިޔާ އެކަޑަމީގެ ފަރާތުން އިންތިޒާމު ކޮށްގެން އެ އެކަޑަމީގައި ތަމްރީނު ހަދަމުންދާ ކުދިންގެ އަންހެން ބެލެނިވެރިންނަށް ހާއްޞަ ކޮށްގެން "ސައުތުލިންކް ނިޔާ އެކަޑަމީ ވުމެންސް ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް 2020" ކުރިއަށް ގެންދާ ފުޓްސަލް މުބާރާތް ފަށައިފިއެވެ.

މި މުބާރާތް 27 ނޮވެމްބަރ 2020 ވީ ހުކުރު ދުވަހު 16:40 ގައި މުރައިދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ބިޒީ ގާލްސްއާއި ލޭޑީ އީގަލްސްއެވެ. މި މެޗު 8-3 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ލޭޑީ އީގަލްސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް ލޭޑީ ގާލްސްގެ ލަމްޝާއެވެ.

Ad
rt

މި މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލި ކޮށްފައިވަނީ ވިމެން ސްޓާރ އާއި ޓީމް ނީޑް ފޯ ސްޕީޑްއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޓީމް ނީޑް ފޯ ސްޕީޑްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް ނީޑް ފޯ ސްޕީޑްގެ ސަމާއެވެ.

މި މުބާރާތުގެ ތިންވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޓީމް ހިޔަލައާއި ޓީމް އިންފިނިޓީއެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޓީމް އިންފިނިޓީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް އިންފިނިޓީގެ ޝަމްހާއެވެ.

މި މުބާރާތް ރާވާލެވިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭގޮތަށެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބިގެން ދާނީ ޕޮއިންޓް ތާވަލުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމު މެދުގައި ކުޅޭ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ 7 ޑިސެމްބަރ 2020 ގައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސާއަކީ މިލަންދޫގައިފުޅާ ދާއިރާއެއްގައި ހާޑުވެއާ ވިޔަފާރި ކުރަމުން އަންނަ ފަރާތެއް ކަމުގައިވާ ސައުތު ލިންކެވެ.