މިލަދުންމަޑުލު ދެކުނުބުރީ ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ވިޔަވަތި އިނާމަށް" ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އަހަރު މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ގިނަ ދާއިރާތަކަކުން ފާހަގަކޮށްލެވޭ އަދި ޚިދުމަތްތެރި ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް ށ. އަތޮޅުން ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.

Ad
rt

އެކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި މި އިނާމަކީ އެއަތޮޅުގެ ސްކޫލު މަދަރުސާތަކުގެ ޢިލްމީ ޤާބިލުކަން އިތުރުކުރުމަށް ހިތްވަރު ދިނުމަށާއި ސިއްހީ ދާއިރާއާއި އިޖުތިމާއީ ދާއިރާގެ ޚިދުމަތްތެރިންނާއި ދަރުމަވެރިންގެ އަގުވަޒަންކުރުމާއިއެކު ހިންގުމުގެ ދާއިރާއިން މުއައްސަސާތަކަށް ހިތްވަރު ދިނުމަށާއި އަދި ޤައުމީ ފެންވަރާއި ދުނިޔޭގެ ފެންވަރުގައި ކާމިޔާބު ހޯދާ ފަރާތްތަކަށް ހިތްވަރު ދިނުމަށް ދެވޭ އިނާމެކެވެ.

އެގޮތުން މި އަހަރު މި އިނާމު ދެވޭ ދާއިރާތަކަކީ

  • ރަސްވަނި އިނާމު
  • އުޖާލާ ސްކޫލު
  • ހިންގުންތެރި އަންހެނުންގެ ކޮމިޓީ
  • އަތޮޅުގެ އެންމެ ހަރަކާތްތެރި ޖަމްއިއްޔާ
  • އަތޮޅުގެ ކާމިޔާބު އެދުރު
  • އަތޮޅުގެ ހީވާގި އެދުރު
  • އަތޮޅުގެ ޚިދުމަތްތެރި ނަރުސް
  • އަތޮޅުގެ ޚިދުމަތްތެރި ހެލްތުވޯކަރު
  • އަތޮޅުގެ ދަރުމަވެރިޔާ
  • އަތޮޅުގެ ނަމޫނާ މުވައްޒަފު
  • އަތޮޅުގެ ޝަރަފުވެރި އިނާމު
  • ރާވެރިބޭ އިނާމު

ވިޔަވަތި އިނާމު ދެވޭ އެކި ކެޓަގަރީތަކުން ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފޯމު، އެކައުންސިލުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެކައުންސިލުން ހާމަ ކުރެއެވެ.