2002 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ފަރާތުން ރާއްޖޭގެ ޤައުމީ ސާފިންޓީމް ވޯލްޑް ސާފިން ގޭމްސްގައި ބައިވެރިވެއްޖެއެވެ.

މިމަހުގެ 7 ން 15 ގެ ނިޔަލަށް ޖާޕާނުގެ މިޔަޒާކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ސާފިން ގޭމްސް 2019 ގައި ބައިވެރިވާ ދިވެހި ޓީމްގައި ހިމެނެނީ މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަލީ އަހްސަން، ސާފިން އެސޯސިއޭޝަންގެ ކޮންޓެސްޓް ޑިރެކްޓަރ އަހުމަދު ރިފާއީ އަބްދުއްސައްތާރު، ޓީމް ގެ މޭނޭޖަރ ނަހްޝަލް ނާސިރު، ދިވެހި ޓީމްގެ ގެ ކެޕްޓަން އަކަށް ހުސައިން އަރީފް ހަމަޖައްސާފައި ވާއިރު އަރީފްގެ އިތުރުން އެތްލީޓުންގެ ގޮތުގައި އަހުމަދު އާގިލް، ހަސަން ނާސިހް އަދި އިސްމާއިލް ރަަޝީދު ހިމެނެއެވެ.

Ad
rt

ވޯލްޑް ސާފިން ގޭމްސް 2019 ގައި 55 ޤައުމަކުން ޖުމްލަ 240 އެތްލީޓުން ބައިވެރިވާގޮތައް ހަމަޖެހިފައިވާއިރު މިއީ ވޯލްޑް ސާފިން ގޭމްސްގައި އެންމެ ގިނަ އެތްލީޓުން ބައިވެރީވާ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން އިން ދިވެހި ސާފިން ޓީމާއިއެކު ޖަޕާނަށް މިކުރާ ދަތުރުގައި
އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަންގެ އަހަރީ އާންމު ބައްދަލުވުމުގައި މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ބައިވެރިވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.