ހދ.ކުމުންދޫ ބަނދަރުގެ ދެކުނު ފަރާތުގައި އައިސް ޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ކުމުންދޫ ކައުންސިލުން ކުރި މި އިއުލާނުގައި ބުނެފައިވަނީ އައިސްޕްލާންޓެއް އެޅުމަށް 2000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކު 60 ލާރި ކަމަށް ކައުންސިލުން ބުނެއެވެ.

Ad
rt

އިއުލާނުގައި ބުނެފައި ވަނީ އައިސްޕްލާންޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 19 ވަނަ ދުވަހުގެ 11:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދޭ ކަމަށެވެ. އެ ބިން ލިބިއްޖެނަމަ، އެ ބިން ތަރައްގީކޮށް ވިޔަފާރި ފަށާނެ ތާރީހެއް އަންދާޒާކޮށް ޕްރޮޕޯސަލްގައި ހިމަނަން ވާނެ ކަމަށް އިއުލާނުގައި ވެއެވެ.

މީގެ އިތުރުން ބިން ކުއްޔަށް ހިފާ ފަރާތުން ރަށުގެ އިޖްތިމާއި ކަންކަމަށް އަހަރުކު ކުރާނެ ކަންކަމާއި، ބިން ކުއްޔަށް ހިފާ ފަރާތުން ހުށަހަޅާ އެންމެ ބޮޑު ކުލި ޕްރޮޕޯސަލްގައި ހިމަނަން ވާނެ ކަމަށް އިއުލާނުގައި ވެއެވެ.