ހއ.މޮޅަދޫގެ އެކިއެކި ތަންތަނުގެ ރީތިކަން ދައްކުވައިދިނުމުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ މޮޅަދޫ ފޭސްބުކް ޕޭޖްގެ ފަރާތުން އިސްނަގައިގެން އެ ރަށުގެ ކަނޑޫފަލުގެ ރީތިކަން ދައްކުވައިދިނުމުގެ ގޮތުން "މޮޅަދޫ ކަނޑޫފާ ފޮޓޯ ކޮންޓެސްޓް"ގެ ނަމުގައި ކޮންޓެސްޓެއް ފަށައިފިއެވެ.

މޮޅަދޫ ކަނޑޫފަލުގައި ނޭޗަރ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެ ރަށުގެ ޒުވާނުން އިސްނަގައިގެން މިހާރު ފަށާފައިވާއިރު، މި ފޮޓޯ ކޮންޓެސްޓްގެ އެންމެ ބޮޑު މަޤުޞަދަކީ ކަނޑޫފަލުގައި ޕާކް ތަރައްޤީ ކުރުމުގެ ކުރިން އެތަން އޮތްގޮތުގެ ފޮޓޯ ހޯދައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ރައްކާކުރުންކަމުގައި މިކަމުގައި އިސްކޮން ހަރަކާތްތެރިވާ ޒުވާނުން ބުނެއެވެ.

Ad
rt

މި ކޮންޓެސްޓް 17 އޮކްޓޯބަރ 2020 ވީ ހޮނިހިރު ދުވަހު ހުޅުވައިލާފައިވާއިރު، molhadhoo #molhadhooKandoofa# މި ހޭޝްޓެގް ޖެއްސެވުމަށް ފަހު ކަނޑޫފަލުގެ ފޮޓޯ އިންސްޓަގްރާމްއަށް އަޕްލޯޑް ކުރެއްވުމުން މި ފޮޓޯ ކޮންޓެސްޓްގައި ބައިވެރި ވެވޭނެއެވެ.

އިންސްޓަގްރާމްއަށް އަޕްލޯޑްކުރާ ފޮޓޯތަކުގެ ތެރެއިން އެންމެގިނަ ލައިކްސް ލިބޭ ފޮޓޯ އަޕްލޯޑް ކުރައްވާ ބޭފުޅަކަށް އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވާ މި ފޮޓޯ ކޮންޓެސްޓްގައި ބައިވެރި ވުމުގެ އެންމެ ފަހު މުއްދަތަކީ މިހިނގާ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހެވެ.

MOLHADHOO KAN'DOOFA PHOTO contest

• Follow us on Instagram @molhadhoo
• Post your photo on Instagram (multiple entry...

Posted by Molhadhoo on Friday, October 16, 2020

ހއ.މޮޅަދޫއަކީ އެ އަތޮޅުގައި މީހުން ދިރިއުޅޭ ފަނަރަ ރަށުގެ ތެރެއިން އެއް ރަށެވެ. މި ރަށުގެ ދިގު މިނުގައި 2600 މީޓަރު ހުންނައިރު ފުޅާ މިނުގައި ހުންނަނީ 840 މީޓަރެވެ. ގަސްކަރަ ބޯވެފައި ފެހިކަން ގަދަ ރަށެކެވެ. ހިތްގައިމި ތިލަ ފަޅެއް ލިބިގެންވާ ރަށެކެވެ.