ށ. ފޯކައިދޫ ސްކޫލުގައި 12 ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލް 2 ބުރި ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ފައިނޭންސްއިން ޢިއުލާނު ކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފޯކައިދޫ ސްކޫލުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައި މިވާ 12 ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލް 2 ބުރި ޢިމާރާތް ވެގެންދާނީ މިފަދަ ގޮތަކަށް މުޅި ށ. އަތޮޅުގައިވެސް އެންމެ ޒަމާނީ ފެންވަރަކަށް އެޅިގެން ދާނޭ އެއް އިމާރާތަށެވެ.

Ad
rt

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތަކަށް ވާން ޖެހޭކަމަށް އެކަމަށް ކޮށްފައިވާ ޢިއުލާންގައި ބުނެފައި ވެއެވެ.

ބީލަމުގައި ބައިވެރިވާ ކޮންމެ ފަރާތަކުންވެސް ބީލަމުގައި ބައިވެރިވުމަށް -/500 ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަތުން ހަމަޖެހިފައިވަނީ 18 އޮކްޓޫބަރ 2020 އިން 4 ނޮވެންބަރ 2020 އަށް، މިނިސްޓްރީ އޮފް ފައިނ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ(https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ.

ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ(ahmed.ikram@finance.gov.mv) މި އީމެއިލް އެޑަރެހަށް ފޮނުއްވުމަށް އިޢުލާނުގައި އެދިލައްވާފައިވެއެވެ.

މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 18 އޮކްޓޫބަރ 2020 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި އެ އިދާރާގެ ވެބްސައިޓް (www.finance.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އިއުލާންގައި ފާހަގަ ކުރަށްވާފައިވެއެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/90,000 ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކަށް އެ އިދާރާއިން ކަނޑައަޅާފައިވަނީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހާ ހަމައަށެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 އޮކްޓޫބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން (ahmed.ikram@finance.gov.mv ) މި އީމެއިލް އެޑްރެހަށް، އެ ސުވާލެއް ހުށައެޅުމަށް އިއުލާނުގައި އިތުރަށް ފާހަގަ ކުރަށްވާފައިވެއެވެ.

މި މަސައްތުގެ ބީލަން ހުޅުވުން ތާވަލް ކޮށްފައިވަނީ 5 ނޮވެންބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ފައިނޭންސްގެ، ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑް ހުށައަޅާ ފަރާތްތަކުގެ ތެރެއިންވެސް ގަޑިޖެހުމަށްފަހު ހުށައަޅާ ބިޑުތައް ބަލައި ނުގަންނާނެކަމަށް އެ އިދާރާއިން ކުރެއްވި އިޢުލާނުގައި ބުނެފައިވެއެވެ.

ފޯކައިދޫ ސްކޫލް އަކީ މަތީ ސާނަވީ ތަޢުލީމް ވެސް ދެމުން އަންނަ ސްލޫލެކެވެ. އަދި އެ އެރަށު ސުކޫލް ވެގެން ގޮސްފައިވަނީ އާބާދީގެ ގޮތުންވެސް ބޮޑު ސްކޫލަކަށެވެ. އެހެންކަމުން އެ ސްކޫލަށް އިތުރުވާ، އިތުރު 12 ކިލާސް ރޫމް ވެގެން ދާނީ އެ ސްކޫލްގައި އޭލެވެލް ކިޔަވާ ދަރިވަރުންނަށް ވެސް ލިބިގެންދާނޭ އިތުރު ފަސޭއަކަށެވެ.