ހއ.މުރައިދޫގެ ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގެ ޒުވާނުންކޮޅެއް އިސްނަގައިގެން "މުރައިދޫ ވޮމެންސް ފުޓްސަލް ޗެލްންޖް 2020" ނަމުގައި ސެޕްޓެމްބަރ 26 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ މަހުގެ 3 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މޫނިމާ ކަންމަތި ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ މުރައިދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލު މެޗު މޫނިމާ ކަންމަތި ކާމިޔާބު ކޮށްފައިވަނީ ޓީމް ވައި ކާންޓް ވީ ގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ފައިނަލްމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވަިފައިވަނީ މޫނިމާ ކަންމަތީގެ ޖޯޒީނަމްބަރު 2 އައިމިނަތު ނޫރާއެވެ.

Ad
rt

މުބާރާތުގެ ޗެމްޕިއަން މޫނިމާ ކަންމަތި ހޯދުމާއި ގުޅިގެން އެ ޓީމަށް ވަނީ 2000 ރުފިޔާގެ ފައިސާގެ އިނާމަކާއި، ޗެމްޕިއަން ޝީލްޑްގެ އިތުރުން ރަން މެޑަލް ހަވާލުކޮށްފައެވެ. އަދި ރަނަރަޕް ހޯދި ވައި ކާންޓް ވީ އަށް 1000 ރުފިޔާގެ އިތުރުން ރިހި މެޑަލް ހަވާލު ކޮށްފައެވެ.

Congratulations Runner up Team Y Can’t V👏🏾🥈

Posted by Muraidhoo TV on Saturday, October 3, 2020

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ :

ފާތިމަތު ލަމްޝާ – ވައި ކާންޓް ވީ

އައިޝަތު ޔުމްނާ - މޫނިމާ ކަންމަތި

ފާތިމަތު ސަމާ – ފޯމަލީ އިން ޝޭޕް

ސުއޭބަތު ހުސެއިން – ޕްރެޓީ ޕެކްސް

އައިމިނަތު ނޫރާ- މޫނިމާ ކަންމަތި

މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ވައި ކާންޓް ވީގެ ފާތިމަތު ލަމްޝާއެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކަށް މޫނިމާ ކަންމަތި ހޮވިފައިވާއިރު، އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ހަމަ އެ ޓީމުގެ ކޯޗު އަބްދުލް ވާހިދު މުޙައްމަދެވެ.

Congratulations Runner up Team Y Can’t V👏🏾🥈

Posted by Muraidhoo TV on Saturday, October 3, 2020

މުބާރާތުގެ ވަނަތަކަށް އިނާމު ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން މުރައިދޫ ކައުންސިލުގެ ނައިބް ރައީސް މުޙައްމަދު ނިޝާމެވެ.

މުބާރާތުގެ އިންތިޒާމް ކޮމެޓީން މި ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި މުބާރާތް ކުރިއަށް ގެންދިއުމުގެ މަޤުޞަދަކީ އެ ރަށުގެ ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހިތްވަރުދިނުމުގެ އިތުރުން ކުޅިވަރުގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުވުން ކަމަށެވެ.