ވިއްސާރައިގެ ސަބަބުން މޯލްޑިވިއަންގެ ހަނިމާދޫ ދަތުރުތައް ކެންސަލްކޮށްފިއެވެ.

މޯލްޑިވިއަން އެއާރލައިން އިން ބުނީ "‏މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހަނިމާދުއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކުރިކަން ހުރިހާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަންކަމަށެވެ.

Ad
rt

ދަތުރުތައް އަލުންފެށުނުހާ އަވަހަކަށް އަންގަމުން ގެންދާނެކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ.

އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް މޫސުމް ގޯސްވެ، ބޯޓް ނުޖެއްސި ވައިގެ ތެރޭގައި ހަތަރު ގަޑިއިރު ހޭދަކުރުމަށްފަހު ރޭވަނީ ވެލާނާ އިންޓަނޭޝަން އެއާޕޯޓްގައި ޖައްސައިފައެވެ.