މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ރ.ވަންދޫ ބަނދަރުގެ ތަރައްޤީ ކުރުމުގެ މަސައްކަތް 13 ސެޕްޓެމްބަރ 2020 ގައި ނިންމާލެވިގައިވާ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ.
ވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކޮށްފައިވަނީ 16 އޯގަސްޓް 2019 ގައެވެ. ވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެމްޓީސީސީގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، 1,870 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅުފުންކުރުމުގެ އިތުރުން 75 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮއްޓެއްލުން ހިމެނެއެވެ. ސަރުކާރުން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 5.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
We have successfully completed the R. Vandhoo Harbour Upgrade Project on 13 September 2020. Scope of works for the project include dredging and excavation operations of 1,870cbm and the construction of a 75m quay wall. pic.twitter.com/rs3iDLCCvZ
— MTCC Plc (@MTCCPlc) September 17, 2020
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެ ކުންފުނިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. ހަމައެކަނި ރ.އަތޮޅުގައި ވެސް މިވަގުތު އެ ކުންފުނިން 4 މަޝްޜޫޢެއް ކުރިއަށް ގެންދާއިރު، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖުމްލަ 47 މަޝްރޫޢުއެއް މިހާރުވްސް ހުއްޓުމެއްނެތި ކުރިއަށް ގެންދާކަމުގައި އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!