ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ “ފޯ ނޭޝަންސް ޓޯނަމެންޓް” ގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޒުވާން ޤައުމީ ފުޓުބޯޅަ ކުޅުނު ދެވަނަ މެޗްއިން ވެސް ބަލިވެއްޖެއެވެ.
އިންޑޮނޭޝިއާ އާއި ދެކޮޅަށް ރޭ ކުޅުނު މެޗްއިން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.
މިމުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުންވެސް ވަނީ ޖޯޑަން އަތުން 9-0 އިން ބަލިވެފައެވެ.
މިމުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ޖޯޑަން، އިންޑޮނޭޝިއާ އަދި މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ޤަތަރުގެ 16 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމްތަކެވެ.
މިމުބާރާތުގައި ދިވެހި ޓީމް ކޯޗުގެ ގޮތުގައި ހަވާލުވެ ހުންނެވި ތަޖުރިބާކާރު ކޯޗް މުޙައްމަދު ނިޒާމް(ނިޒާމްބެ) އާ ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ވާގޮތުން ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިނަތީޖާތައް އަނެއްކޮޅައް އަނބުރާލެވޭ ވަރުގެ ޓީމެއް ތައްޔާރު ކުރެވޭނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!