ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކުޅީގައި ތަރައްޤީކުރި ނޭޗަރ ޕާރކް ރަސްމީކޮށް ހުޅުވުމާއި އެކު ޓޫރިޒަމް މިނިސްޓަރު ޢަބުދުﷲ މައުސޫމް ކުމުންދޫގެ ލޮބުވެތި ރައްޔިތުންނަށް ސާބަސް ދެއްވައިފި އެވެ.
ޢަބުދުﷲ މައުސޫމް މިހެން ވިދާޅުވީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ޓުވީޓެއް ރިޓުވީޓް ކުރައްވަމުންނެވެ.
ރާއީ ކުރެއްވި ޓުވިޓުގައި ވިދާޅުވެފައިވަނީ ކުރެވި ޖަމިއްޔާއިން ހިންގާ، ޒީރް ސްޕޯޓްސް ކުލަބް އިން ވަނީ ކުމުންދޫ ކަނޑޫފަލުގައި ތަރައްގީ ކުރި ނޭޗާރ ޕާކް ‘ވެހިސަރާ’ ހުޅުވާފައިކަމަށެވެ.
ކަރަންޓް ސޯލާ ޕެނެލްއިން، މިކަމުގައި މުޅި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންދިޔަ. ޝުކުރިއްޔާ.
މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެފައިވެއެވެ.
Gadha. Saabas. https://t.co/5QSzYS4fzy
— Abdulla Mausoom (@Mausoom_Maus) September 5, 2020
"ވެހިސަރާ" ނަމުގައި ހުޅުވި މި ހިތްގައިމު ޕާރކް ހުޅުވައިދެއްވީ އިއްޔެ ހަވީރު އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ.
ކުމުންދޫގައި އަޅާނުލެވި އޮތް ކުޅީގައި އެރަށުގެ ޒުވާނުން އިސްނަގައިގެން ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި މައިޒާނަށް ގިނަބަޔެއްގެ ތަޢުރީފު އަންނަނީ ލިބެމުންނެވެ. މީސްމީޑިޔާގައި މިޕާކް ހުޅުވި ފޮޓޯތައް ގިނަބަޔަކު އަންނަނީ ހިއްސާކުރަމުންނެވެ.
"ވެހިސަރާ" ހިތްފަސޭހަ މައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން! ކުމުންދޫ ރައްޔިތުންނަކީ އެކުވެރި އެއްބައެއްވަންތަ ބައެއްކަން މި ފަދަ މަންޒަރުތަކުން ހާމަވެގެންދޭ! މި ހިތްފަސޭހަ މައިޒާނުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެކަމުގައި އަޅުގަނޑުމެން އުންމީދުކުރަން! "ވެހިސަރާ" މައިޒާނުގެ ހިތްފަސޭހަ ކަމާއި ރީތިކަން ތަޖުރިބާ ކޮށްލުމަށް ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވަން!
"ވެހިސަރާ" ގެ ފޮޓޯތައް މީސްމީޑިޔާގައި ހިއްސާކުރަމުން ޒީރު ސްޕޯޓްސް ކުލަބުން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!