ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ސްޕީޗް ތެރަޕިސްޓުން ހޯދަން އިއުލާނު ކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ކުޅުދުއްފުށި ހޮސްޕިޓަލަށް ދެ ސްޕީޗް ތެރަޕިސްޓް އަދި ސީނިއަރ ސްޕީޗް ތެރަޕިސްޓެއް ހޯދުމަށް އިއުލާނު ކުރާ ކަމަށެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރ މަހު 08 ވަނަ ދުވަހުގެ މެންދުރު ފަހު 13:30 އެވެ.
ކުޅުދުއްފުށި ހޮސްޕިޓަލުގެ އިތުރުން ސ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ލ ގަން ރީޖަނަލް ހޮސްޕިޓަލް، ރ އުނގޫފަރު ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ޑރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަަލަށް ވެސް ސްޕީޗް ތެރަޕިސްޓް އަދި ސީނިއަރ ސްޕީޗް ތެރަޕިސްޓް ހޯދުމަށް އިއުލާންކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!