ފޯޅަވަހި ކައިރިއަށް 6.2 މެގްނިޓިއުޓް ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
ބިންހެލުން އައިސްފައިވަނީ އައްޑޫސިޓީ އާއި 501 ކިލޯމީޓަރު ދުރުންކަމަށް އެމެރިކާގެ ޖިއަލޮޖިކަލް ސާވޭއިން ރިޕޯޓްކޮށްފައިވެއެވެ.
މިބިންހެލުން އައިސްފައިވަނީ ރާއްޖޭ ގަޑިން މިރޭ 10:24 ގައެވެ. އެމެރިކާގެ ޖިއަލޮޖިކަލް ސާވޭއިން މިބިންހެލުމުގެ ބާރުމިނަކީ 6.2 ކަމަށް ބުނެފައިވީނަމަވެސް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ދެންމެ ބުނެފައިވަނީ ބިންހެލުމުގެ ބާރުމިނަކީ 5.8 ކަމަށެވެ. އަދި މި ބިންހެލުން އައިސްފައިވަނީ އައްޑޫ ސިޓީއާއި 492 ކިލޯމީޓަރު ދުރުން 10 ކިލޯމީޓަރު އަޑިން ކަމަށެވެ.
މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރުކުރާނެކަމަށް ނުބެލެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
— Maldives Meteorology (@MetMaldives) August 31, 2020
ފޯޅަވަހި ނުވަތަ ޗާގޯސް އަކީ ހިންދު ކަނޑުގެ ތެރޭގައި ދިވެހިރާއްޖެގެ ދެކުނުގު ފަރާތުން ފެތުރިފައި އޮތް އަތޮޅުތަކެވެ.
Antipodal?? M 6.2 - Chagos Archipelago region /Indian Ocean 2020-08-31
When I saw Oklahoma earthquake activity suddenly flare up (incl. the Arizona and Missouri earthquakes), I suspected the antipode region could possibly be seismically active. Here's a visual: pic.twitter.com/9U7o3pZ16e— GeoSeeker (@GeoSeekerGal) August 31, 2020
ފޯޅަވައްސަކީ ދިވެހިރާއްޖެއާއި 500 ކިލޯމީޓަރު ދެކުނުގައި އޮންނަ ހަތް އަތޮޅަކަށް ނިސްބަތްވާ 60 ރަށެވެ. މިހާރު އެ ރަށްތަކަކީ އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" އެކެވެ. ޗާގޯސް އައިލެންޑްސްގެ 60 ރަށުގެ ޖުމްލަ ބޮޑުމިނުގައި 56 އަކަ ކިލޯމީޓަރު ހުރެއެވެ. އެންމެ ބޮޑު ރަށަކީ ޑިއޭގޯ ގާސިއާއެވެ. ފޯޅަވަހީގެ އަތޮޅު ތަކުގެ ތެރެއިން އައްޑު އަތޮޅާއި އެންމެ ކައިރީގައި އޮންނަނީ މޯސްބީ އައިލޭންޑް އަތޮޅާއި ސޮލޮމޮން އައިލޭންޑުގެ ރަށް ތަކެވެ. މިރަށްތަކާއި އައްޑު އަތޮޅާއި ދެމެދުގެ ދުރުމިނަކީ 280 ނޯޓިކަލް މޭލްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!