ދިރާގު ޔޫތު ލީގް 2019 ގެ 14 އަހަރުންދަށުގެ އުމުރުފުރާގައި ރޭ ކުޅުނު މެޗުތަކުން އާލީޓަޗް ސްޕޯޓްސް އެކެޑެމީ އަދި ހުޅުމާލެ ސްޕޯޓްސް ސްކޫލްއިން ކާމިޔާބުކޮށްފިއެވެ.
ރޭ ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ އާލީ ޓަޗް ސްޕޯޓްސް އެކެޑެމީ އަދި ހުޅުމާލެ ސްޕޯޓްސް އެކެޑެމީއެވެ. މިމެޗް 3-0 ގެ ނަތީޖާއަކުން ކަމިޔާބު ކުރީ އާލީޓަޗް ސްޕޯޓްސް އެކެޑެމީންނެވެ.

ާރޭ މިމުބާރާތުގައި ކުޅުމެ ދެވަނަ މެޗްގައި މޯލްޑިވްސް ސޮކަމޭޓްސް ގެ މައްޗައް 3-1 ގެ ނަތީޖާ އަކުން ކުރި ހޯދީ ހުޅުމާލެ ސްޕޯޓްސް ސްކޫލްއިންނެވެ.

Ad
rt

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާވައިގެން ބާއްވާ މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 2018 ވަނަ އަހަރުގައެވެ.

ޒުވާނުންގެ މެދުގައި ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމް އިން ފަށާފައިވާ "ޓުވާރޑްސް ފިއުޗަރ ޕްރޮޖެކްޓް" ގެ ދަށުން މި ލީގު ފެށި އިރު އޮތީ 13 އަހަރުން ދަށުގެ އުމުރު ފުރާ އެކަންޏެވެ.

ނަމަވެސް މި އަހަރު 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުންވެސް ބާއްވާނެކަމަށް މައުލޫމާތު ލިބެއެވެ. 12 އަހަރުން ދަށުގެ ކުޅުން 23 އޯގަސްޓުގައި ފެށުނުއިރު 12 އަހަރުން ދަށުގެ ކުޅުން ފެށޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.