ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް، އަހްމަދު ޝަރީފު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ސިދާ ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށާއި ވަރަށް އަވަހަށް އެ އިލެކްޝަނާ ގުޅޭ ތާރީހުތައް އިއުލާން ކުރައްވާނެ ކަމަށެވެ.

Ad
rt

ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލަނީ، އަންނަ ފެބްރުއަރީ މަސްތެރޭ ކަމަށެވެ. އަދި މިފަހަރުގެ އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށާއި ކެންޑިޑޭޓުންނަށް ފަސޭހަ ކުރުމަށްޓަކައި އިތުރު ފޮށިތަކާއި ފޮށިތަކުގެ އަދަދުވެސް އިތުރު ކޮށްފައިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ވޭތުވެތިދަ އިންތިހާބާ އަޅާ ބަލާއި، 178 ފޮށި އިތުރުވެގެން ދާނެކަމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މުޅި އިންތިހާބަށް ޖުމްލަ 65 - 70 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.