ހއ. އިހަވަންދޫ ބަނދަރު ތަރައްޤީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލު ކޮށްފި އެވެ.
މިއެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ހަސަން ޝާހް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. މިމަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގަ އެވެ.
އިހަވަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 51.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި މަސައްކަތް ކުރަން އެއް އަހަރާއި ހަތް މަސް ކަނޑައަޅާފައި ވެ އެވެ.
މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 284 މީޓަރުގެ ބޭރުތޮށި ލުމާއި، 178 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 95 މީޓަރުގެ އެއްގަމު ތޮށި ލުމާއި ބަނދަރުގައި ރޭމްޕެއް ހެދުމާއި އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓު ޖެހުމުގެ އިތުރުން ނެރު ބައްތި ޖެހައި، ބަނދަރު ސަރަހައްދުގައި 27 ލައިޓު ޖަހައި، 20 މޫރިން ބްލޮކް ހަރުކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!