ބޯންމަތް ބަލިކޮށް އިންގްލިޝް ޕްެރިމިއަރ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ލީގް ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ. ބޯންމަތްގެ ވިޓަލިޓީ ސްޓޭޑިއަމް ގައި ރޭ ކުޅުނު މި މިމެޗް މެންޗެސްޓަރ ސިޓީއިން ކާމިޔާބް ކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗްގެ ފުރަތަމަ ގޯލް 15 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ސިޓީގެ އަގުއޭރޯއެވެ. އަދި ދެވަނަ ގޯލް މެޗްގެ 43ވަނަ މިނިޓް ގައި ސިޓީގެ ރަހީމް ސްޓާލިން ކާމިޔާބްކޮށް 2-0 ގެ ނަތީޖާއަކުން މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިމެެން ދަނިކޮށް ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ބޯންމަތް އިން ވަނީ ގޯލެެއްޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ވިލްސަންއެވެ. ސިޓީގެ ތިންވަނަ ގޯލް ފަހު ހާފްގެ 64ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ މެޗް ގެ ފުރަތަމަ ގޯލްވެސް ކާމިޔާބް ކޮށްދިން އަގުއޭރޯއެވެ.
ލީގުގައި މިހާތަނަށް މެންޗެސްޓަރ ސިޓީއިން ކުޅުނު ތިންމެޗްގެ ތެރެއިން ދެ މެޗްއިން މޮޅުވެ އެއްމެޗް ވަނީ އެއްވަރުވެފައެވެ. އަދި ޖުމްލަ ހަތް ޕޮއިންޓާއިއެކު ތާވަލްގެ އެެއްވަނާގައި އޮތް ލިވަޕޫލް އާއި އޮތް ފަރަގު ވަނީ ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ.
މި ލީގްގައި ރޭ ވަނީ އިތުރު ދެމެޗެއް ކުޅެވައެވެ. ޓޮޓެންހަމް ނިއުކާސަލް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވިއިރު ވޯލްވްސް އާއި ބާންލޭ ބައްދަލުކުރި މެޗް ނިމުނީ 1-1 ގެ ނަތީޖާއަކުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!