ހއ. މާރަންދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މާރަންދޫ ކައުންސިލުގެ ރައީސް ހަސަން އަހުމަދު ވިދާޅުވީ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެރަށު ކައުންސިލާއި ޔޫތު ސެންޓަރު ގުޅިގެން ފަށާފައިވާ ކަމަށެވެ. އެގޮތުން ދަނޑުން ހަލާކުވެފައި ހުރި ތަންތަކަށް ރަނބަރު އަޅައި ބެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ މި މަސައްކަތަށް ބޭނުންބާ ރަބަރާއި ހިލަވެލި ހޯދުމަށް ޔޫތު މިނިސްޓްރީގެ އެހީގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރަސްމީކޮށް މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ޔޫތު މިނިސްޓްރީ އަށް ހުށައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި. އެކަމަކު އަދިވެސް ބޭނުންވާ މިންވަރަށް ތަކެތި ނުލިބޭތީ ވަރަށް އަވަހަށް ޔޫތު މިނިސްޓްރީގައި އެދޭނަން ބަޖެޓެއް ދިނުމަށް." ހަސަން ވިދާޅުވިއެވެ.

ހަސަން އިތުރަށް ވިދާޅުވީ މި މަސައްކަތުގައި މާރަންދޫގެ ގިނަ ޒުވާނުތަކެއް އަމަލީ ކޮށް ބައިވެރިވަމުންދާތީ އުފާ ކުރާ ކަމަށެވެ.