މަސައްކަތަށް ފަރުވާކުޑަވުމުން ހދ. ކުޅުދުއްފުށީ ކައުންސިލް މެމްބަރު މުހައްމަދު ފަވާޒް ނައީމަށް ފިޔަވަޅު އަޅައިދިނުމަށް ހދ އަތޮޅު ކައުންސިލްގައި އެދިއްޖެ އެވެ.
އެނގިފައިވާގޮތުގައި ފަވާޒްއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދުނީ ކައުންސިލްގެ ރައީސް ހަވާލުކުރާ މަސައްކަތްތައް އޭނާ އަދާކުރަމުން ނުދިއުމާ ގުޅިގެންނެވެ. އެމައްސަލަ ހދ އަތޮޅު ކައުންސިލަށް ފޮނުވާފައިވާތާ ދުވަސްކޮޅެއްވެފައިވާ ކަމަސް މައުލޫމާތު ލިބެއެވެ.
ފަވާޒްގެ ފަރުވާކުޑަ މައްސަލައެއްވަނީ ވަރަށް ފަހުން ވެސް ވަނީ ފެންމަތިވެ އެވެ. އެއީ ކުޅުދުއްފުށީ ކައުންސިލް އިދާރާ ވަގުތީގޮތުން މިދިޔަ ހަފްތާތެރޭގައި ފަވާޒަށް ހިންގުން ހަވާލުކުރުމުން، އެއްވެސް ސަބަބެއް އެންގުމަކާ ނުލައި ކައުންސިލަށް ވަޑައިނުގަތް މައްސަލަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!