ޤަތަރުގެ ވެރިރަށް ދޯހާގައި 25 އޯގަސްޓް އިން 29 އޯގަސްޓް ގެ ނިޔަލަށް ކުރިއަށްދާ “ފޯ ނޭޝަންސް ޓޯނަމެންޓް” ގައި ދިވެހި ރާއްޖޭގެ 16 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމް ކުޅުނު ފުރަތަމަ މެޗްގައި ޖޯޑަން އާއި ދެކޮޅަށްކުޅެ ތާފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.
މިމެޗްގައި ޖޯޑަންއިން ވަނީ ރާއްޖެ ކޮޅައް 9 ލަނޑު ޖަހާފައެވެ. އަދި ރާއްޖެއަށް މެޗް ނިންމާލަން ޖެހުނީ އެއްވެސް ލަނޑެއް ނުޖެހިއެވެ.
މިމުބާރާތުގައި ވާދަކުރަނި ދިވެހިރާއްޖޭގެ އިތުރުން ޖޯޑަން، އިންޑޮނޭޝިއާ އަދި މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ޤަތަރުގެ 16 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމްތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!