12 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ އުމުރުފުރާތަކަށް ޚާއްސްކޮށްގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން “ ދިރާގު ޔޫތް ލީގް 2019” ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް މިއަދު ފަށައިފިއެވެ.

މި މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި ޖުމްލަ 9 ޓީމް އަދި 12 އަހަރުން ދަށުގެ އުމުރުފުރާގައި 10 ޓީމް ވަނީ ބައިވެރިވެފައެވެ. 14 އަހަރުން ދަށުގެ އުމުރުފުރާގެ މެޗްތައް ވަނީ މިއަދު ފަށާފައެވެ. އެގޮތުން މިއަދު ޖުމްލަ 4 މެޗް ވަނީ ކުޅެފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރީ ބީޖީ ސްޕޯޓްސް އެކަޑެމީ އަދި ހުޅުމާލެ ސްޕޯޓްސް ސްކޫލެވެ. މިމެޗް 7-0 ގެ ބޮޑު ތަފާތަކުން ހުޅުމާލެ ސްޕޯޓްސް ސްކޫލް ވަނީ ކާމިޔާބުކޮށްފައެވެ.

Ad
rt

ދެވަނަ މެޗްގައި ހުޅުމާލެ ސްޕޯޓްސް އެކަޑެމީގެ މަށްޗަށް 6-0 ލަނޑުން މެޗް ކާމިޔާބުކޮށްފައި ވަނީ މާޒިޔާ ފުޓްބޯލް އެކަޑެމީއިންނެވެ. އަދި ތިންވަނަ މެޗް 2-1 ނަތީޖާ އަކުން މޯލްޑިވްސް ސޮކަރ މޭޓްސް ވަނީ އާރލީ ޓަޗް ފުޓްބޯލް އެކެޑެމީ ބަލިކޮށްފައެވެ. އަދި މިއަދުގެ ފަހު މެޗްގައި ވިކްޓްރީ ސްޕޯޓްސް ކްލަބް ފުޓްބޯލް އެކަޑެމީ އާއި އިގަލްސް ފޫޓްބޯލް އެކަޑެމީ ބައްދަލުކޮށް 1-0 ގެ ނަތީޖާއިން ކުރި ހޯދީ އީގަލްސް ފުޓްބޯލް އެކަޑަމީންނެވެ.

މި މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުން ސެޕްޓެމްބަރ މަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.