ބޯޑަރު ހުޅުވާލިފަހުން ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ ސައްޙަ ޕާސްޕޯޓަކަށް ބަދަލު ގެނެސްގެން ރާއްޖެއައި 40 އަހަރުގެ މީހެއްކަމަށްބުނާ ފިރިހެނަކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހުއްޓުވާފައިވާކަމަށެވެ.

Ad
rt

އޭނާއާއި ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއްނުވެއެވެ.

ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ސަލާމަތީ ބާރުތަކާގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައިވެސް ޝަޙްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 6 މީހަކު އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ.