ކޮލިޓީ ބައިސްކަލް ފުޅާ ދާއިރާއެއްގައި ރާއްޖެ އެތެރެކޮށް އާންމުންގެ އިތުބާރު ހޯދާފައިވާ އެއްފަރާތަކީ "ބެސްޓް ބަޑީ" އޭ ބުނުމަކުން ކުށަކަށް ނުވާނެއެވެ.
ބެސްޓް ބަޑީ އިން އަންނަނީ ކުޅުދުއްފުށި ސިޓީގެ އިތުރުން މާލެއަށްވެސް އެކި ސައިޒުގެ ބައިސްކަލް އެތެރެކޮށް ވިއްކަމުންނެވެ. އެންމެ ކުޑަ ކުދިންގެ ބައިސްކަލުން ފެށިގެން ބޮޑެތި މީހުންގެ ބައިސްކަލުވެސް އެފިހާރައިން ލިބެން ހުރެއެވެ.
ރަށު ޕިކަޕް ނުވަތަ ބެޓެރި ޕިކަޕް، ބެޓެރި ސައިކަލް، އަދި ހުރިހާ އުމުރެއްގެ މީހުންގެ ބައިސްކަލް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިއްކަމުން ދަނީ ބެސްޓް ބަޑީ އިންނެވެ. ބެސްޓް ބަޑީއިން ވިއްކާ ވެހިކަލްތަކުގެ ސްޕެރޕާޓްސް ވިއްކުމަށްވެސް ހާއްސަ ފިހާރައެއް ކުޅުދުއްފުށީގައި ވަނީ ހުޅުވާފައެވެ. އަދި ސްޕެއަރޕާޓް މާލެއިން ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.
ޗައިނާގެ މަޝްހޫރު ހާޑުވެއަރ ބްރޭންޑެއް ކަމުގައިވާ އެމްޕީޓީ ޓޫސްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކީވެސް ބެސްޓްބަޑީއެވެ.

ބައިސްކަލަށް ބޭނުންވާ އެކި ސްޕޭރ ވެސް މި ފިހާރައިން ލިބެން ހުރެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަރަ އޯޑަރ ކުރެއްވުމަށް 9936915 ފޯނަށް ގުޅުއްވާށެވެ. މާލެ އާއި ކުޅުދުއްފުށީގައިވެސް ބަނދަރުގައި އޮންނަ ބޯޓަށް ނުވަތަ ގެޔަށް ހިލޭ ގެންގޮސް ދިނުމުގެ އިންތިޒާމް އެފަރާތުން ހަމަޖައްސަދޭނެއެވެ.

މީގެ އިތުރުންވެސް ކަސްޓަމަރުން ބޭނުންވާ އެކި ބާވަތުގެ މުދާ ޕްރީއޯޑަރ ކުރެވޭނެކަމަށް އެފިހާރައިން ހާމަކުރެއެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ މުދާ ހެޔޮ އަގުގައި އެތެރެކޮށްދިނުމުގެ ޚިދުމަތްވެސް ދެމުންއަންނަކަމަށް އެފަރާތުން ހާމަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!