އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމާއި އެކު، "ސުވާލު ފޮށި"ގެ ނަމުގައި، އެސްއެމްއެސް މެދުވެރިކޮށް ކުޅޭ ފޯރިގަދަ ސުވާލު މުބާރާތެއް އުރީދޫ އިން އިއްޔެ ފަށައިފި އެވެ.

އުރީދޫން މައުލޫމާތުދޭގޮތުގައި މި މުބާރާތް ކުޅެ، އެންމެ މޮޅު ސްކޯ ހޯދާ ބައިވެރިންނަށް ސެމްސަންގ ގެލެކްސީ ސްމާޓް ފޯނު އަދި ސެމްސަންގ ގެލެކްސީ ބަޑްސް ހިމެނޭނެ ކަމަށެވެ. އެގޮތުން ހަފްތާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ސެމްސަންގް ގެލެކްސީ އެސް 10 އަދި ދެވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާއަށް ސެމްސަންގް ގެލެކްސީ އެމް 20 އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ ބަޑްސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

އުރީދޫ އިން ބުނީ ސުވާލު ފޮށި މުބާރާތް އެކި ލެވެލްތަކަށް ބެހިގެންދާ ކަމަށާއި، ބައިވެރިންގެ އަމާޒަކަށް ވާނީ، މުބާރާތުގައި އަހާލެވޭ ތަފާތު ސުވާލުތަކުގެ ޖަވާބު ރަނގަޅުކޮށް، ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުން ކަމަށެވެ.

ސުވާލު ފޮށި ކުއިޒްގައި ބައިވެރިވެ، ކޮންމެ ހަފްތާއަކުވެސް ލީޑަރބޯޑުގައި އެންމެ ކުރި ހޯދާފައިވާ ތިން ކުޅުންތެރިންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުންޏެވެ.

މި މުބާރާތް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އެ ކުއިޒްގައި ބައިވެރިވާން ޖެހެނީ، “GO“ ޖެހުމަށް ފަހު 4646 އަށް އެސްއެމްއެސް ކުރާށެވެ