2020 ވަނަ އަހަރު ދިވެހިރާއްޖޭގެ ކަލަންޑަރުގައި ހިޖުރީ ތާރީޚު ހިމަނަންވީ ގޮތުގެ މަޢުލޫމާތު އިސްލާމިކް މިނިސްޓްރީއިން އާންމުކޮށްފިއެވެ.
މިކަން ޢާންމުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިއްޔެ ވަނީ ގެޒެޓުގައި އިޢުލާންކޮށްފައެވެ.
މި އިއުލާނުގައި 2020 ވަނަ އަހަރު ރާއްޖެއަށް ފެންނާނެ ކޭތަތަށް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ދެން އަންނަ އަހަރު ދެ ހަނދުކޭތައަކާއި އެއް އިރު ކޭތަ ހިފާނެއެވެ.
10 ޖަނަވަރީ 2020 ވާ ހުކުރު ދުވަހުގެ ރޭ ފަނޑުހިޔަނީގެ ހަނދު ކޭތައެއް ހިފާނެއެވެ. މި ކޭތަ ހިފަން ފަށާނީ، ރާއްޖޭގަޑިން 22:07 ގައެވެ. މިކޭތަ އެނމެ ބޮޑަށްހިފާފައި ހުންނާނީ، 11 ޖަނަވަރީ 2020 ވާ ހޮނިހިރު ގެ 00:10 ގައެވެ. ކޭތަ ވީއްލާނީ ދަންވަރު 02:12 ގައެވެ. މިކޭތަ ރާއްޖޭގެ ހުރިހައި ތަނަކަށް ފެންނާނެއެވެ.
5 ޖޫން 2020 ވާ ހުކުރު ދުވަހުގެ ރޭ ފަނޑުހިޔަނީގެ ހަނދު ކޭތައެއް ހިފާނެއެވެ. މި ކޭތަ ހިފަން ފަށާނީ، ރާއްޖޭގަޑިން 22:45 ގައެވެ. މިކޭތަ އެނމެ ބޮޑަށްހިފާފައި ހުންނާނީ، 6 ޖޫން 2020 ވާ ހޮނިހިރު ގެ 00:24 ގައެވެ. ކޭތަ ވީއްލާނީ ދަންވަރު 02:04 ގައެވެ. މިކޭތަ ރާއްޖޭގެ ހުރިހައި ތަނަކަށް ފެންނާނެއެވެ.
21 ޖޫން 2020 ވާ އާދިއްތަ ދުވަހު ފަޅި އިރު ކޭތައެއް ހިފާނެއެވެ. މި ކޭތަ ހިފަން ފަށާނީ ރާއްޖޭގަޑިން ހެނދުނު 09:39 ގައެވެ. އެންމެބޮޑަށް ހިފާފައި ހުންނާނީ ހެނދުނު 10:51 ގައެވެ. ކޭތަވީއްލާނީ މެންދުރު 12:14 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!