ބޮޑު ތިލަދުންމަތީގެ 8 ރަށެއްގެ މަގާއި ބަނދަރު ހެދުމުގެ ކޮންސަލްޓެންޓުން ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިޢުލާންކޮށްފިއެވެ.
ފިނޭންސް އިން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ހއ.ކެލާ، ހއ.އިހަވަންދޫ، ހއ.މޮޅަދޫ،ހދ. ހަނިމާދޫ، ހދ.ނެއްލައިދޫ، ށ.ނޫމަރާ ށ.ފޭދޫ އަދި ށ.ބިލެއްފަހީގެ ހާބަރު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ހދ.ހަނިމާދޫ ހާބަރު އަދި މަގު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް އިޢުލާން ކުރާ ކަމަށެވެ.
އަދި މިމަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު)، 5 ސެޕްޓެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 1400 ނިޔަލަށް އެމިނިސްޓްރީއަށް ހުށަހެޅުއްވުމަށް މިނިސްޓީން އެދެއެވެ. މީގެ އިތުރުން މި މަސައްކަތްތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.
މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv އިން 21 އޮގަސްޓު 2019 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށާއި އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ބުނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ،
އީ މެއިލް: hawwa.maldha@finance.gov.mv
aishath.nadheema@finance.gov.mv
ކޮޕީ: tender@finance.gov.mv
މި މެއިލްއަށް، މެއިލް ކުރެއްވުމަށް ފިނޭންސް އިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!