މިލަންދޫ ޔޫތް މޫވްމަންޓުން އިންތިޒާމުކޮށްގެން މިޖޫން މަހު މަދަޙަ މުބާރާތެއް ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ށ. މިލަންދޫގެ ކިޔަވާ ކުދީންނަށް އަމާޒުކުރެވިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއްކަމަށް އެޖަމްޢިއްޔާގެ އެކްޓިވްޓީސްކޮމެޓީގެ ޗެއަރ އިބްރާހިމް އަންވަރު ތިލަދުންއަށް ބުންޏެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ ޒެޑްމޯބައިލް އެންޑް އެކްސްސަރީޒްއެވެ. ފައިސާގެ އިނާމާއި، ވާދައިގެ ޝީލް ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށްގެންދަނީ ދެބަޔަކަށެވެ. އަދި މީގެއިތުރުން ޒެޑް މޯބައިލްގެ ފަރާތުން އެއް ވަނަ އަށް ދާފަރާތަށް ހުށަހަޅާ ޚާއްސަ މޯބައިލް ފޯން ހަދިޔާ ލިބިގެންދާނެކަމަށް އިބްރާހިމް އަންވަރު މަޢުލޫމާތު ދިނެވެ.
ފުރަތަމަ ބައިގައި ބައިވެރިވެވޭނީ ބޭބީ ނާރސަރީން ފެށިގެން ޔޫކޭޖީގެ ކުދިންނަށް އަދި ދެވަނަ ބައިގައި ބައިވެރިވެވެނީ ގްރޭޑް 1 ން 12 ގެ ކުދިންނަށްކަމަށް އިބްރާހިމް އަންވަރު ބުންޏެވެ. ފުރަތަމަ ބައިގައި ބައިވެރިވާ ކުދިންނަށް އޮންނާނި އެއް ރައުންޑެވެ. އަދި ދެވަނަ ބައިގައި ބައިވެރިވާ ކުދީން ދެގޮތްޕަކަށް ބަހާލެވެއެވެ. އެއީ ޖޫނިޔަރ އަދި ސީނިޔަ ގޮތްޕެވެ.
މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެފައިވަނީ ނިއުމާލުގައި ކަމަށްވުމުން، ފުރަތަމަ ބުރުގައި ހުރިހާ ބައިވެރިންވެސް، މަދަޙައެއް ކިޔައި އޭގެ ވީޑިއޯ ފޮނުވުމުން، ޖަޖުގެ މާކުހަށްބަލައި އެންމެ މަތިން ސްކޯ ހޯދާ 50 އިންސައްތަ ކުދިން ދެވަނަ ބުރަށް ކޮލިފައިވާނެއެވެ. އަދި ދެވަނަ ބުރުގައި ޖަމްއިއްޔާއިން ކަނޑައަޅާ އުޞޫލަކުން ސެމީ ސްޓޯޑިއޯގައި މަދަހަ ހުށަހަޅައި ދިނުމުން، 75 އިންސަތައް ޖަޖުގެ މާކުހާއި 25 އިންސައްތަ ވޯޓުން އެންމެ މަތީ މާކުސް ލިބޭ ކުދީންގެ 50 އިންސްތަ ކުދީން ފައިނަލް ބުރަށް ގެންދެވި ދެވަނަ ބުރާއި އެއްގޮތަށް މަދަޙަ ކިޔުން ކުރިއަށް ގެންދެވި ނަތީޖާ ކަޑައެޅޭނެއެވެ.
އިބްރާހިމް އަންވަރު ބުނީ ފައިނަލް ބުރުގައި ކޮންމެ ގޮތްޕަކުން އެންމެ މޮޅު ފަސް މަދަޙަ ކިޔުންތެރިންނާއި މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ހޮވޭނެކަމަށެވެ.
މިމުބާރާތުގެ ޖަޖަކީ ރާއްޖޭގެ މަޝްހޫރު އެއްފަންނާނު ޢަބުދުލް ޣަނީ (ތޭރަ) އެވެ.
މިމުބާރާތުގެ ގަވާއިދާއި ބައިވެރިވަމަށް އެދޭފ ފޯމް މިލިންކުން ފެންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!