މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަރުޖާނުގެ މަޤާމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވަކިކޮށްފިއެވެ.

މިކަމާއު ގުޅިގެން ފުލުހުން ވިދާޅުވީ މިއަދުން ފެށިގެން ވަގުތީ ގޮތުން ފުލުހުންގެ ތަރުޖަމާނެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ޗީޕް އިންސެޕެކްޓަރ އޮފް ޕޮލިސް ޔޫނުސް ސަބާހްކަމަށެވެ. އަދި މި ބަދަލާއި އެކު ފުލުހުންގެ މީޑިއާ ސެންޓަރުގެ މީޑިއާ ރިލޭޝަން އޮފިސަރުގެ ހައިސިއްޔަތުން ދުވަހުން ދުވަހަށް މީޑިއާތަކަށް މައުލޫމާތު ދެއްވާނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އާތިފާ ހަސަންކަމަށެވެ.

Ad
rt

ފުލުހުންގެ އިދާރާއިން ވަނީ އެ އިދާރާގެ ތަރުޖަމާނެއްގެ ގޮތުގައި އިޒްމިއާ ހުންނަވައިގެން ކޮށްދެވި މަސައްކަތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިޒްމީއާ ނޫސްވެރިންނާއި ބެހެއްޓި ގާތްކަމާއި ދިން އެއްބާރުލުމަށް ވެސް ފުލުހުންވަނީ ޝުކުރު އަދާކުރައްވާފައެވެ. އިޒްމިއާ ފުލުހުންގެ ތަރުޖަމާނުގެ މަޤާމުން ވަކިކުރެއްވި ސިދާ ވަކި ސަބަބެއް އަދި ބަދަލުކުރި ޑިޕާޓްމެންޓެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. ފުލުހުން ވިދާޅުވީ މީ އާއްމު އުސޫލުން ގެނައި އިދާރީ ބަދަލެއްކަމަށެވެ.

ފުލުހުންގެ ތަރުޖަމާނަކަށް އިޒްމިއާ ހަމަޖެއްސެވީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 19 ވަނަދުވަހުއެވެ. އިޒްމިއާ އަކީ ފަހުގެ ތާރީހެއްގައި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަރުޖާނުގެ މަޤާމަށް ވަޑައިގެންނެވި ހަމައެކަނި އަންހެން ފުލުހެވެ. ސިންގަޕޫރުގެ ނެޝަނަލް ޕޮލިސް އެކަޑަމީން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ އިޒްމިއާއަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރުގެ ދަރިކަނބަލެކެވެ. އަދި އޭނާއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ކޮއްކޯފުޅެވެ.