ބަންގުދަލޭސްގައި ޑެންގޫޖެހިގެން 40 މީހުންމަރުވެއްޖެއެވެ. އާދަޔާހިލާފަށް ޑެންގޫ ފެތުރެމުންދާ މިދުވަސްވަރުގައި ޑެންގޫ ޖެހިގެން 40 މީހުން މިހާތަނަށް މަރުވެފައިވާކަމަށް އެގައުމުގެ އިދާރާތަކުން ހާމަކޮށްފިއެވެ. 40 މީހުން މަރުވެފައިވާކަމަށް ބަންގުލަދޭސް އިދާރާތަކުން ހާމަކޮށްފައިވީނަމަވެސް އެގައުމުގެ ނޫސްތަކުން ބުނާގޮތުން މިއަދަދު 100 އަށްވުރެއް މައްޗަށް އަރާނެކަމަށް ގިނަ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
ކޮންމެ އަހަރެއްގެވެސް ވިއްސާރަ ދުވަސްވަރާއި ދިމާކޮށް ބަނގުލަދޭގައި އަންނަނީ ޑެންގޫފެތުރެމުންނެވެ. އެހެން އަހަރު ތަކާއިހިލާފަށް މިއަހަރު ޑެންގޫފެތުރޭ ނިސްބަތް އިތުރުވެ ކޮންޓްރޯލްކުރުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 44،000 މީހުން ޑެންގޫޖެހިގެން އެޑްމިޓްކޮށްފައިވާކަމަށާއި މިދިޔަ ހޯމަދުވަހު އެކަނިވެސް 2100 މީހުން އެޑްމިޓްކޮށްފައިވާކަމަށް އެގައުމުގެ ހެލްތުމިނިސްޓްރީއިން މަޢުލޫމާތުދެއެވެ.
އީދުބަންދާއިދިމާކޮށް އެގައުމުގައި މިހާބޮޑު ބަލިމަޑުމަކެއް ފެތުރިފައިވާތީ ހެލްތު ވޯކަރުންގެ އީދު ޗުއްޓީ ވަނީ ކެންސަލްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!