ސައުދީ އަރަބިޔާ އިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ ތެރެއިން މީހަކު މިއަދު މަރުވެއްޖެއެވެ. މިއީ މިބައްޔާއި ގުޅިގެން ސައުދީއިން މީހަކު މަަރުވި ފުރަތަމަ ފަހަރެވެ.

މަރުވެފައިވަނީ އުމުރުން 51 އަހަރުގެ އަފްގާން ރައްޔިތެކެވެ. ސަޢުދީ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު މުހައްމަދު އަބްދުލްއަލީ ބުނެފައިވަނީ މަދީނާގެ ހޮސްޕިޓަލެއްގެ ކުއްލި ފަތުވާ ދޭ ކޮޓަރިއަށް ގެންދެވުނު އިރުވެސް އެމީހާގެ ހާލު ވަރަށް ދެރަކަމަށެވެ. ޢެމީހާ މަރުވެފައިވަނީ ހޯމަދުވަހު ގެ ރެއެވެ.

Ad
rt

ސައުދީގެ ހެލްތު މިނިސްޓްރީއިން ވަނީ އިތުރު 205 މީހަކަށް ވައިރަސް ޖެހިފައިވާކަމަށް ބުނެފައެވެ. މިވަގުތު ސައުދީގައި ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ 767 މީހަކު އެބަތިއްބެވެ.

ސައުދީ އިން ވަނީ 21 ދުވަހުގެ މުއްދަތަށް ކާރފިއު އިއުލާނު ކޮށްފައެވެ.

މިއަދު ކަމާ ބެހޭ ފަރާތްތަކުގެ އެންގުންތަކަށް ބޯނުލަންބާ މީހުން 1000 ރިޔާލުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.