ހދ. ކުޅުދުއްފުށި ސިޓީގައި އަލަށް އަޅާ ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަން އިން މަޢުލޫމާތުދޭތޮތުގައި އެތަން ޑިޒައިންކޮށް، އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރީ ޔުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ.
ޔުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ފެނަކައާ ދެމެދު މިއަދު ވަނީ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
HDh. Kulhudhuffushi gai alah alhaa prefabricated powerhouse design koh imraaiy kurumuge ehbasvumugai Uni Engineering Pvt Ltd aai Fenaka aa dhemedhu miadhu soi koffi. #TeamFenaka pic.twitter.com/VajJUothsK
— Fenaka Corporation Ltd (@TeamFenaka) March 18, 2020
ޖުމްލަ 15.7 މިލިއަން ރުފިޔާގެ މި މަޝްރޫއު ފަށަން ޖެހެނީ މި ހިނގާ މާޗް މަހުގެ 29 ގައެވެ. އަދި 330 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް، މަޝްރޫއު ނިންމަން ޖެހެނީ އަންނަ އަހަރުގެ ފެބްރުއަރީ 22 އަށެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި ޔުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖާ އޮފް ޕްރޮޖެކްޓްސް މުހައްމަދު އައިމަން އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!