ކޮވިޑް-19 ބަލީގެ އަށް މީހަކު ފެނި، ސިއްހީ ނުރައްކަލުގެ ހާލަތު ރާއްޖޭގައި މިއަދު އިއުލާން ކުރުމާ އެކު، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެ މަހުގެ 18 އަށް ދެންމެ ފަސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ފަސް ކުރަން ނިންމީ ކޮވިޑް-19 އާ ގުޅިގެން މިހާރު ގައުމުގައި އޮތް ހާލަތު ބެލުމަށް ފަހު ކަމަށެވެ.
ކޮރޯނާވައިރަސް ފެތުރުމުގެ މިންވަރު މިހާރު އޮތް ގޮތުން، ލޯކަލް ކައުންސިލް އިންތިހާބަށް މިހާރު އިއުލާނުކޮށްފައިވާ ތާރީހާ ހިސާބަށް ދާއިރު، ބޮޑެތި އެއްވުންތައްް ބޭއްވޭ ވަރަށް ރާއްޖޭގެ އާއްމު ސިއްހަތު ރަނގަޅުވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!